ފުލުސް ކާރު އެކްސިޑެންޓުވި މަންޒަރު ދުށް މީހަކު ހޯދަނީ

މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭގައި ހިނގި ފުލުހުންގެ ކާރަކާއި ސައިކަލެއް އެކްސިޑެންްވި ހާދިސާއާ ގުޅިގެން މަންޒަރު ދުށް ބަޔަކު ތިބިތޯ ބަލަން ފުލުހުން އިއުލާންކޮށްފި އެވެ.ފޭސް 2 ގެ ނިރޮޅު މަގާއި ގުލްއަލާމާ ހިނގުން ގުޅޭ ހިސާބުގައި ހިނގި އެ އެކްސިޑެންޓު ފެނުނު މީހަކު ހުރިނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ނަންބަރަށް ގުޅުމަށް ފުލުހުން އެދެ އެވެ.އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި 18 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި އަންނަނީ ފަރުވާ ދެމުންނެެވެ.ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރުމުގެ ގާނޫނާ ހިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ. އަދި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ