މާލޭ މަގުމަތިން 30،500 ޓަނުގެ ފެން ހިންދައިފި

މި އޮޕަރޭޝަން ފަށާފައި ވަނީ އިއްޔެ 11:37 ހާއިރު އެވެ. މިއަދު ހެނދުނު 8:30 ގައި މި އޮޕަރޭޝަން ނިންމާލާފައިވާއިރު، 30،569 ޓަނުގެ ފެން މާލޭން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އިރުވައި މޫސުން ފެށުމާއެކު، ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު މާލޭން މިހާތަނަށް 30،000 ޓަނަށްވުރެ ގިނަ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 142.6 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މި ވިއްސާރައިގެ ސަބަބުން ގޭގެއަށާއި ވިޔަފާރިތަކަށް ފެންވަދެ، ބޮޑެތި ގެއްލުން ވަނީ ލިބިފަ އެވެ. މަގުތަކުގައި ކަކުލާ ހިސާބަށް ފެން ހެދިފައި ހުއްޓެވެ.މިއަދު ހެނދުނު އެމްއެންޑީއެފް އިން ވަނީ މާލޭގެ ވެސްޓްޕާކް ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަން ފަށާފައި ވަނީ އިއްޔެ 11:37 ހާއިރު އެވެ. މިއަދު ހެނދުނު 8:30 ގައި މި އޮޕަރޭޝަން ނިންމާލާފައިވާއިރު، 30،569 ޓަނުގެ ފެން މާލޭން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.ރޭގައި އެ އިދާރާއިން ބުނެފައި ވަނީ ފެން ހިންދުމަށް ޖުމްލަ 17 ޕަމްޕް ބޭނުންކޮށްފައިވާ ކަމަށެވެ. މާލޭގެ އިތުރުން މިވަގުތު ފެން ހިންދުމުގެ މަސައްކަތް ދެން ކުރަމުން ދަނީ ށ. ނަރުދޫގަ އެވެ. އިއްޔެ ވަރަށް ގިނަ ރަށްރަށުގައި އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރިވެފަ އެވެ. މި ވިއްސާރައިގައި ރަށްރަށަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހުޅުލެއަށެވެ. އެރަށަށް 144 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. ހުޅުމާލެއަށް 122.5 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ