ތަނަވަސްކަން ހުރީތީ ގިނަ އަންހެނުން ގެންގުޅޭ ނުވަތަ ގިނަ އަންހެނުންތކެއްގެ ގާތަށް ގޮސް އުޅޭ އެއްވެސް މީހަކު ނިކަން ބުނެބަލާށެވެ! އެއިގެ ތެރެއިން އެއްވެސް އަންހެނަކު ތިބާގެ އަތުން ފައިސާ ހޯދުން ނޫން އެހެން އެއްވެސް ކަމެއް ކުރޭ ހެއްޔެވެ؟ މިއަހަނީ ތިބާގެ ކުރިއެރުމަށް ވިސްނައި ހިތްވަރުދޭތޯއެވެ؟ ތިބާގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރެވޭނެ ޚިޔާލެއް ނަމަވެސް ދޭހެއްޔެވެ؟
އެހެން އެވަނީ ކީއްވެގެންހެއްޔެވެ؟ އެއީ ތިބާއަށް ހެޔޮގޮތް ނުއެދޭތީއެއް ނޫނެވެ. އަޚްލާޤީ ގޮތުން ތިބާއަކީ އެއްވެސް އަގެއް ހުރި މީހަކަށް ނުވާތީ އަޅައިނުލަނީއެވެ. ތިބާއަށް ރަނގަޅު ގޮތެއް މެދުވެރިވިނަމަވެސް އެކަމުން އޭނާއަށް ކުރާނެ ފައިދާއެއް އޮންނާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ.
ދިރިއުޅުމަކީވެސް ހަމަ ވިޔަފާރިއެކެވެ. ވިޔަފާރި ކުރިއަރުވަން ބޭނުންވާނީ އެކަމުން ތިމާއަށް ފައިދާއެއް ކުރާނެ ނަމައެވެ. ނޫންނަމަ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟
ކައިވެނިކޮށް ބައިވެރިއަކު ގެންގުޅެން މިޖެހެނީ އެސަބަބަށްޓަކައެވެ. ކައިވެނިކުރުމަށްފަހު ފިރިމީހާއަށް ލިބޭ ކުރިއެރުމުން ތިމާއަށްވެސް ފައިދާކުރާނެކަން ބައިވެރިޔާއަށް ޤަބޫލުކުރެވޭނެއެވެ. ވީމާ ކުރާ ކަންކަން ކުރާނީ އެކަމުން ތިމާއަށްވެސް މަންފާކުރާނެތީއެވެ.
އެކަންކަމަށް ނުވިސްނައި ހިތަށް އެރި ޢަދަދަކަށް އަންހެނުންނާއި ގުޅުން ބާއްވަމުން ތިމާގެ ދިރިއުޅުމަށް ކުރިއެރުން ނުލިބޭ ކަމުގެ ޝަކުވާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކައިވެނިކޮށް އަނބިމީހާ ގޭގައި ބައިންދާފައި ނުކުމެ އަންހެނުން ފަހަތުން ދުވާނަމަވެސް ކުރަންޖެހޭނީ ހަމަ މިބުނި ފަދަ ހިތި ތަޖުރިބާތަކެވެ.
ކައިވެނިކުރަން ބާރުނާޅާ ހަމަ އެއްވެސް ދީނެއް ނެތެވެ. ކައިވެނީގެ އަގު ވަޒަންނުކުރަނީ އެއްވެސް ދީނެއް ޤަބޫލުނުކުރާ ޖަމާޢަތްތަކުންނެވެ. އެއީ ދިރިއުޅުމާއިމެދު އެއްވެސް ވަރަކަށް ނުވިސްނާ ބައެކެވެ. ހަމައެކަނި އަމިއްލަ އުފާތަކަށް ބަލައިގެން އުޅެން ބޭނުންވާ މީހުންގެ ޖަމާޢަތްތަކެވެ. ފައިދާހުރި ރިވެތި އުޅުމާއި އެމީހުން ވަރަށް ބީރައްޓެހިވާނެއެވެ.
ވީމާ ތިމާގެ އަމިއްލަ ނަފްސް ދެކެ ލޯބިވާ ނަމަވެސް އަދި އުފާވެރި ދިރިއުޅުމެއްގައި ކުރިއަރައިދާން ބޭނުންވާ ނަމަވެސް ކައިވެނިކުރާށެވެ. ރިވެތި ގޮތުގައި ދިރިއުޅެން މަސައްކަތްކުރާށެވެ!
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅަކުން
ގިނަ އަންހެނުން ގެންގުޅޭ މީހަކަށް ޙަޤީޤީ އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާނެ އެންމެ އަންހެނަކުވެސް ނުހުންނާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ