ޖެނިން ރެފިއުޖީ ކޭމްޕަށް ރޭ ގެ ވަގުތެއްގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދު ކޮށްލައިފިއެވެ.
ބުދަ ދުވަހުގެ ހެނދުނު ވެސް ޖެރިކޯގައި އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު ޒުވާނަކު ވަނީ ޝަހީދުވެފައިވާއިރު ރޭގެ މިހަލާތަކުގައި މަރުވި ހަތަރު މީހުންގެ އިތުރުން 30 ވަރަކަށް މީހުން ވަނީ ޒަހަމްވެފަ އެވެ.
ފަލަސްތީނުގެ ހަނގުރާމަވެރިންގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ޖެނިން ކޭމްޕުގައި އަންގާރަ ދުވަހުގެ ރޭ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ހިންގި އެންމެ ވަރުގަދަ އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޝަހީދުވި ފަލަސްތީނުގެ ހަތަރު މީހުންނަކީ ވެސް އުމުރުން 20 އަހަރުގެ ފިރިހެނުން ކަމަށެވެ.
ރެފިއުޖީ ކޭމްޕުން އިސްރާއީލު ސިފައިން ފޭބުމާ އެކު ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން ބުނީ ޖެނިންގައި ހުންނަ އެ ތަނުގެ ކޮމްޕައުންޑަށް ބަޑިން ހަމަލާދީފައިވާ ކަމަށެވެ. އެ ކޭމްޕުގެ ހަނގުރާމަވެރިން ވަނީ ހުޅަނގު އައްސޭރީގެ ފުރިހަމަ ކޮންޓްރޯލް ނެތް ސަރަހައްދުތައް އިޒްރޭލުގެ ފުރިހަމަ ބާރުގެ ދަށުގައި ނެތް ސަރަހައްދުތައް ހިންގާ ޕީއޭ އިން އެ ތަންތަން ހިމާޔަތް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޖެނިންއަށް ދީން ހަމަލަތަކަކީވެސް ޓެރަރިޒަމާ ދެކޮޅަށް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިންގަމުންގެންދާފަދަ ހަރަކާތްތަކެއް ކަމަށެވެ.
ޖެނީންއަށް ރޭ ހަމަލާދީފައިވާއިރު ބުދަ ދުވަހުގެ ހެނދުނުވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޖެރީކޯގެ އަކަބަތު ޖާބެރް ރެފިއުޖީ ކޭމްޕަށްވެސް ނުރައްކާތެރި ހަމަލާއެއް ދީފައިވެ އެވެ. އަދި މިހަމަލާތަކުގައި އުމުރުން 19 އަހަރުގެ ފިރިހެނެއްގެ ބޮލަށް ބަޑި ޖަހާފައިވާ ވަނީ ޝަހީދު ކޮށްލާފައެވެ.
ޖެނިން ރެފިއުޖީ ކޭމްޕަށް ހަމަލާދީ ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ