އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނާތީ އދ.ގެ ސަމާލުކަމަށް އެކަން ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމް ގެނުއްވި ކަމަށް އެމަނިކުފާނުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާ މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. އެގޮތުން އާޒިމާ ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނާތީ އެކަން ރައީީސް ޔާމީންގެ ސަރުކާރުން އދ ގެ ސަަމާލުކަމަށް ގެނައިކަން ޔަގީންކޮށްދެއްވާ ކަމަށެވެ.
އާޒިމާ މިފަދައިން ވިދާޅުވެފައިމިވަނީ އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނައި ރާއްޖެއަށް ބިރުދައްކާތީ އެކަން އދ.ގެ ސަމާލުކަމަށް ރައީސް ޔާމީނު ގެންނެވި ކަމަށްބުނާ ސިޓީއެއް މީސް މީޑިއާގައި ހާމަވެފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ނޫސްވެރިއަކު ވަނީ މި ސިޓީ މީސްމީޑިއާގައި އާންމުކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދެވީ އެސިޓީގެ ސައްހަކަމާއިި މެެދު ސުވާލު އުފައްދަވަމުންނެވެ.
India in Rajjeeyge dhaakhilee kankamah aiy baanaathee Raees Yameen ge sarukaarun ekan rasmee koh UN ah hushahelhi. Ekan alhugandu yaqeen koh dhen. https://t.co/oraaOxtRLi
— AzimaShakoor (@aminadhis) September 11, 2023
މީސް މީޑިއާގައި ހާމަވެފައިވާ ސިޓީގައި ވާގޮތުންނަމަ ރައީސް ޔާމީންގެ އެދިލެއްވުމަށް އެސިޓީ އދ އަށް ފޮނުއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި މުހައްމަދު އާސިމް އެވެ. އެސިޓީ އދ އަށް ފޮނުއްވާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އެވެ.
އެސިޓީގައި ބުނެފައިވާ ގޮތުގައިރާއްޖޭގެ ސަރުކާރު ބަދަލުކުރުމަށް އަސްކަރީ ފިޔަވަޅުތައް އަޅައި ކަނޑުމަގުން އަސްކަރިއްޔާ ބޭނުންކޮށްގެން ރާއްޖެ ބައްދާލަން އިންޑިއާއިން ގޮވާލައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ އދ.ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސާފުކޮށް ޚިލާފުވުމެވެ. އަދި އެކަމަކީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސުލްހައާއި ސަލާމަތް ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ކަމެއް ކަމުގައިވެސް އެ ސިޓީގައި ދިވެހި ސަރުކާރުން ބުންޏެވެ. އެހެންކަމުން އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން ރަސްމީކޮށް އެކަން ބަލައިދިނުމަށް ދިވެހިި ސަރުކާރުން ވަނީ އެސިޓީގައި އދ ގެ ކިބައިން އެދިފައެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުގައި ސުޕްރީމް ކޯޓުން ސިޔާސީ ބޭނުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަޤުޞަދުގައި ނެރުނު އަމުރުގެ މައްސަލާގައި އިންޑިއާއިން ވަކި ފަޅިއަކަށް އަރައި ރާއްޖޭގެ ދާޚިލީ ކަންކަމުގައި ދައުރެއް އޮންނަ ބައެއްކަމަށް ދެކިގެން އުޅެން ފެށިކަމަށްވެސް ސަރުކާރުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް އަތްބާނާތީ ރައީށް ޔާމީން އެކަން އދ ގެ ސަމާލުކަމަށް ގެނައި – އާޒިމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ