ވެރިކަން ގެއްލުނީ ރައީސް ނަޝީދު ޓީމު ވަކިވުމުންކަމަށް ރައީސް ޞާލިހް ވިދާޅުވެއްޖެ

ރިޔާސީ އިންތިހާބުން ބަލިވި މައިގަނޑު ސަބަބަކީ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާ އެކު މަސައްކަތް ނުކުރެއްވުން ކަމަށް ކަމަަށް ކުރީގެ ރައީސް / އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ. 
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަށާފައިވާ ކެމްޕެއިން ގައި ނ. މަނަދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
"ރިޔާސީ އިންތިހާބު ގެއްލުމުގެ / ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް [ރައީސް ނަޝީދާއި ޓީމަށް] މަސައްކަތް ނުކުރެއްވުން،" 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޞާލިހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަންވާނީ އެ ތަޖުރިބާގެ އަލީގައި ކަމަށެވެ.
"އެ ޕްރައިމަރީ ނިމުމަށް ފަހުގައި އެބޭފުޅުންނަކަށް އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދެވޭ ގޮތެއް ނުވި. ރިޔާސީ އިންތިހާބު ގެއްލުމުގެ، ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް މަސައްކަތް ނުކުރެއްވުން،" 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި އެވެ.
ޞާލިހް އިތުރަށް ވިދާޅުވިގޮތުގައި ބައިބައިވެ އެކީގައި މަސައްކަތް ނުކުރެވިއްޖެ ނަމަ އެމްޑީޕީން އެދޭ ނަތީޖާ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބުގެ ނަތީޖާ އިން އިބްރަތް ހާސިލު ކުރާނެ ކަމަަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ