މޫސުން ވަރަށް ގޯސް: ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖް ސަމާލު

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މޫސުން އިތުރަށްވެސް ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި އެވެ.
މިރޭ ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ 19:30 އިން ފެށިގެން 22:30 އާ ހަމައަށެވެ.
މެޓު އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މިއަދު ހަވީރު އެ ވަގުތުގެ ތެރޭގައި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވާނެ އެވެ.
Advertisement
މީގެ އިތުރުން، މި ވަގުތު ކަނޑުތައް ކަނދަވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިހާޜު ރާޢްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާއިރު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ