ކުޑަކުދިންގެ ޑޮކްޓަރު އަފީފް ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކަށް

ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަބުދުﷲ އަފީފް ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކްގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ތަޖުރިބާކާރު ޑރ އަފީފް އެ ކްލިނިކްގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ މެއި 8 އަދި 9 ވަނަ ދުވަހު އެވެ. އެޕޮއިންޓްމެންޓް ހެއްދެވުމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6528181 ނަންބަރަށެވެ. އަދި މީގެ އިތުރުން 7328181 ނަންބަރަށް ވައިބާކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.
އެޕޮއިންޓްމެންޓް ނޯޓް ކުރުން ކުރިއަށް ދާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު:
ހެނދުނު 12:00-9:00
މެންދުރުފަހު 16:00-13:00
ރޭގަނޑު 22:00-20:00
ދަތުގެ ފަރުވާއަށް ހާއްސަކޮށް ކުޅުދުއްފުށީގައި ހުޅުވި ހާޖީ މެޑިކަލް ކުލިނިކްގައި ދަތުގެ ތަފާތު ހިދުމަތްތަކުގެ އިތުރުން ވިޒިޓިން ޑޮކްޓަރުންގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ