އިންޓަ-ސްކޫލް ނެޓްބޯޅަ މުބާރާތް އަންނަ މަހު

އިންޓަ-ސްކޫލް ނެޓްބޯޅަ މުބާރާތް އަންނަ އޮގަސްޓް މަހު ބާއްވަން ނިންމައިފި އެވެ.
މި މުބާރާތުގައި މިފަހަރު ބައިވެރި ވަނީ މާލެ ސަރަޙައްދުގެ 17 ސްކޫލަކުންނެވެ. އަދި މިއީ މިއީ މި މުބާރާތް ބާއްވާ 25 ވަނަ އަހަރެވެ.
އިންޓަ-ސްކޫލް ނެޓް ބޯޅަ މުބާރާތް ކުރިއަށް ގެންދަނީ ތިން އުމުރު ފުރައަކަށެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށެވެ. މި އަހަރުގެ މުބާރާތުގައި 13 އަހަރުން ދަށުގެ ބައިގައި ސޯޅަ ސްކޫލަކުން، 15 އަހަރުން ދަށުގެ ބައިގައި 17 ސްކޫލަކުން 17 އަހަރުން ދަށުގެ ބައިގައި 11 ސްކޫލަކުން ވާދަކުރާނެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ 13 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެޕްޕިއަންކަން ހޯދީ އިސްކަންދަރުންނެވެ. އަދި 15 އަހަރުން ދަށުގެ ޗެމްޕިއަނަކީ ޣިޔާޘުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ