މި މަހުގެ މިހާތަނަށް 19 މީހަކު އިންފްލުއެންޒާ އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ސަރަހައްދީ ގައުމު ތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާ ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރުވާމާ ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައި ވެސް ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ އިންފްލުއެންޒާ އަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެއް ކަމަށާއި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވާ ކަމަށާއި އާންމުކޮށް ފެންނަނީ އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި H3N2، H1N1 އަދި އިންފްލުއެންޒާ ބީ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް އިންފްލުއެންޒާ H3N2 ޖެހިގެން 10 މީހަކާއި H1N1 ޖެހިގެން 8 މީހެއްގެ އިތުރުން އިންފްލުއެންޒާ ބީ ޖެހުނު އެކަކު ހިމެނެއެވެ.
އިންފްލުއެންޒާ އަދި ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުން ކަމަށާއި ހާއްސަކޮށް ކުޑަކުދިނާއި އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ސްކޫލް ޗުއްޓީއަށްފަހު އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރު، މި މަހުގެ މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ