މީދޫގައި ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ބަލަނީ

މި މައްސަލައިގައި ތަހުގީގު ކުރަމުންދާ ކަމަށާއި، ފުލުސް އޮފިސަރު ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރާތީ އެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރ. މީދޫގައި ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެރަށު މަގުމަތީގައި އަޑުގަދަކޮށް، ހަޅޭއްލަވަމުންދިޔަ ކުދިބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް، ޒާތީ މައުލޫމާތު ދިނުމަށް އެކުއްޖާ ދެކޮޅު ހަދާފައިވާ ކަމަށެވެ."އެހެންކަމުން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލާ ދިފައިވޭ،" ފުލުހުން ބުންޏެވެ.މި މައްސަލައިގައި ތަހުގީގު ކުރަމުންދާ ކަމަށާއި، ފުލުސް އޮފިސަރު ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރާތީ އެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.އޭގެ އިތުރުން މި ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޜޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.ފުލުހަކާއި 18 އަހަރު ނުފުރޭ ކުއްޖަކާ ދެމެދު މި ހަމަނުޖެހުން ހިނގާފައިވާކަން ފެންމަތިވީ ސޯޝަލް މީޑިއާގައި މި ހާދިސާގެ ވީޑިއޯއެއް އާންމުވުމުންނެވެ. އެ ސީސީޓީވީ ވީޑިއޯއިން ފެންނަ ގޮތުގައި ދެމީހުން ދެމީހުންގެ ގައިގައި ހިފަމުން ދަނިކޮށް ދެމީހުން ވެސް ބިންމައްޗަށް ވެއްޓެ އެވެ. ފުލުސް އޮފިސަރު އެކުއްޖާ ކޮންޓްރޯލް ކޮށްފައި ވަނީ ބިންމަތީ ބާއްވައިގެންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ