ކުރީން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެން ނުވާނެއެވެ. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެއެވެ.
الله سُبْحَانَهُ وَتَعَالَى كَهْفُ ސޫރަތުގައި ބަޔާންކުރައްވައިފައިވާ ދެ ފިރިހެނުންގެ ވާހަކައިގައި ވާ ފަދައިންނެވެ. އެ ތަނުން އެކަކަށް ވީ ކިހިނެއްހެއްޔެވެ؟ އެ ދެ މީހުން ކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ، މާތް ﷲ ދެއްވިއެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރު ރުއްތައް ލެއްވިއެވެ. އަދި އެ ދެމެދުގައި ދަނޑުގޮވާންވެސް ލެއްވިއެވެ. އެއިން އެއްވެސް އެއްޗަކަށް އުނިކަމެއް ނާދެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ވެސް އެކަލާނގެ ދައުރުވާ ގޮތަށް އޭނާއަށް ލެއްވިއެވެ. އަދި އޭނާއަށް އެހެނިހެން މުދާތައް ވެސް ދެއްވިއެވެ. އެހެނަސް އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން ބޮޑާވެފައި ބުންޏެވެ. "ކަލެޔަށްވުރެ އަހަރެންގެ މުދާ މާގިނައެވެ. އަދި އަހަރެންގެ ދަށުގައިވާ މީހުން ގިނަކަމުގެ ގޮތުން، ގަދަފަދަވެފައި ޢިއްޒަތް ބޮޑެވެ." އަދި އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރި ވެގެންވާ ޙާލު، އޭނާގެ ބަގީޗާއަށް ވަދެބުންޏެވެ. "ދުވަހަކު ވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހަރެން ހީއެއް ނުކުރަމެވެ. އަދި ޤިޔާމަތް ވާނޭ ކަމަކަށް ވެސް އަހަރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެ ހަޟުރަތަށް އަހުރެން ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ." ނަމަވެސް މި ބޮޑާ ބަސްތަކުގެ ސަބަބުން އޭނާގެ މުދާތަކާއި ބަގީޗާ، اللّٰهُ سُبُحَانَهُ وَتَعَالَى ހަލާކުކުރައްވައި ނެތިކުރެއްވިއެވެ. ދެން އެކަމާ ވީ ދެރައިން ދެއަތް ފުރޮޅަފުރޮޅައި ހުރެއްޖެއެވެ.[1]
އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައް ކުރުން މަތީ ދެމިތިބޭން ޖެހެއެވެ. ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!"
ޚުޠުބާ: ކުރެވުނު އަޅުކަން ގިނަވެ ބޮޑާވުމަކީ އެޢަމަލުތައް ބާޠިލްކުރައްވަވައި ކޯފާ ލައްވަވާ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ