ޓްރާންސް
މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ދިވެހި ފައިސާއިން ދޭގޮތަށް ބަދަލުކުރަން އުޅޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހަބަރުތައް ގެނެސްދޭ އެވިއޭޓާ މޯލްޑިވްސްއިން ބުނެފައިވަނީ، ޓީއެމްއޭގެ މުއައްޒަފުންގެ މުސާރަ ޑޮލަރުން ދޭގޮތަށް ބަދަލު ގެނައުމުގެ ވާހަކަތައް ކުންފުނީގެ މުއައްޒަފުންގެ ފަރާތުން އަޑުއިވިފައިވާކަމަށެވެ. ނަމަވެސް މުސާރަ ދޭނޭ އުސޫލެއް އަދި ސާފުނުވާކަމަށްވެސް އެވިއޭޓާއިން ބުންޏެވެ. މިކަމުގައި ޓީއެމްއޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ޓީއެމްއޭއިން ޑޮލަރުން މުސާރަދޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު، ރާއްޖޭގެ އަމިއްލަ އެއާލައިނެއްކަމަށްވާ މަންޓާއިންވެސް ވަނީ މުއައްޒަފުންނަށް މުސާރައިގެ އެއްބައި ދިވެހި ފައިސާއިން ދިނުމަަށް ނިންމާފައެވެ. މިފަދަ ބަދަލު ތަކަކީ ޑޮލަރު ލިބުމަށް ދަތިވުމުގެ އިތުރުން، ބޭރު މާކެޓުުގައި ދިވެހި ރުފިޔާ ނުވަތަ ޑޮލަރުގެ އަގަށް އަންނަ ބަދަލު ތަކުގެ ސަބަބުން ބައެއް ފަހަރަށް އެއާލައިންތަކުން ގެންނަ ބަދަލެއްކަން ފާހަގަކޮށްލެވެއެވެ.
Advertisement
ޓީއެމްއޭއަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް މޫދައްޖައްސާ އެންމެބޮޑު ފްލީޓް އޮންނަ ކުންފުންޏެވެ. އެކުންފުނީގެ ފްލީޓްގައި މޫދަށްޖައްސާ 60 ހަށްވުރެ ގިނަ ބޯޓު ހިމެނެއެވެ.
މި ދަނޑިވަޅަކީ،
ޑޮލަރުގެ އާމްދަނީން ބައެއް ސަރުކާރުގެ ބޭންކަށް މާރުކުރަން ލާޒިމުކޮށްފައިވާ ދަނޑިވަޅެކެވެ.
އެކަމަށް ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން ވަނީ ދެކޮޅު ހެދިނަމަވެސް އެފަރާތްތަކުންވެސް އެގޮތަށް އަމަލުކުރަމުން އަންނަ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ޓީއެމްއޭގެ މުސާރަ، ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ