މުހިންމު ގަވައިދެއް | ކައުންސިލް އިހްތިސާސުގައި ހުރިތަނެއް ނަގާނަމަ ބަދަލު ދޭނެ އުސޫލު

މި ގަވައިދުގައިވާ ގޮތުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ އެތަނެއް ވެލުއޭޓް ކުރުމަށްފަހު ބަދަލު ދޭން ޖެހެ އެވެ. އަދި ބަދަލު ދިނުމުގައި އިންސްޓޯމަންޓް އުސޫލުން ފައިސާ ދެއްކުމާއި ބަދަލުގައި ބިމެއް ދެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެ އެވެ.
ކައުންސިލުތަކުގެ އިހްތިސާސް ތެރޭގައިވާ ތަންތަނާއި މުދާ ހަވާލުކުރުމާއި އެ ތަންތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ބަޔާން ކުރާ ގަވައިދު އާއްމުކޮށްފި އެވެ. 
މި ގަވައިދަކީ ކައުންސިލުތަކުގެ އިހްތިސާސުގައި ހިމެންޭ ވަސީލަތްތަކެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް ޤައުމީ އިދާރާއަކުން ހިންގަން ބޭނުންވާ  މަޝްރޫއެއް ހިންގުމަށްޓަކައި ނަގަން ބޭނުންވެއި ޖެހިއްޖެ ހިނދެއްގައި ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކެއް މަތިން ގައުމީ އިދާރާއަށް ބަދަލު ކުރުމުގައި  ބަދަލުކުރުމުގައްި ޢަމަލުކުރާންެ އިޖުރާތްތައް ކަނޑައެޅުމެވެ. 
މި ގަވައިދުގައިވާ ގޮތުން ކައުންސިލްގެ އިހްތިސާސުގައި ހުރިތަނެއް ގައުމީ އިދާރާއަށް ނަގާނީ ކައުންސިލާއި އެ އިދާރާއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. 
ގަވައިދުގައި ވަރަށް ތަފުސީލްކޮށް ކައުންސިލްގެ މުދަލެއް ނުވަތަ އިންވެސްޓްމަންޓެއް ގައުމީ އިދާރާއަކަށް ނަގާނަމަ ބަދަލު ދޭން ޖެހޭނެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. މިގޮތުން އެތަނެއްގައި އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ އިންވެސްޓްމަންޓުގެ އަގު އަދާ ކުރަން ޖެހެ އެވެ. މި ގޮތުން އެއް ފަހަރާ އިންވެސްޓްމަންޓުގެ އަގު އަދާ ކުރުމާއި ބަހާލައިގެން އިންވެސްޓްމަންޓުގެ އަގު ދިނުން އަދި ފައިސާއިން އިންވެސްޓްމަންޓަށް ބަދަލު ދިނުމުގެ ބަދަލުގައި ދައުލަތުގެ އެހެން ބިމެއް އެ ކައުންސިލަށްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްގައިވެ އެވެ. މީގެ އިތުރުން ބަދަލު ދިނުމުގައި އުފެދޭ ހިޔާލުތަފާތުވުން ހައްލުކުރާނެ ގޮތްތައްވެސް ބަޔާން ކޮށްފައިވެ އެވެ.
ކައުންސިލްގެ އިހްތިސާސުގައި ހުރި މުދަށް ބަދަލު ދިނުމުގައި އަމަލު ކުރާނެ އުސޫލެއް ނެރެފައިވާއިރު ދާދިފަހުން ވަނީ މިފަދަ ބޮޑު މައްސަލައެއް ކުރިމަތިވެ އެވެ. އެއީ މާލެ ސިޓީ ކައުންސިލުން ހަރަދުކޮށްގެން ހުޅުމާލޭގައި ހެދި ބުޅާ ފެސިލިޓީ މިނިސްޓްރީއަށް ނަގަން ޖެހުމުން ކުރިމަތިވި މައްސަލައެއް އެފަދަ މިފަދަ ގަވައިދެއް ނެތުމުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ. އަދި ސިޓީ ކައުންސިލުން ބަދަލު ދީފައި ނަގަން އެދުނުނަމަވެސް އެފަދަ އުސޫލެއް ނެތުމުން ބޮޑެތި އަރާރުންތަކެއް ކުރިމަތިވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ