އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާދެއްވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އިސްތިއުފާ ދެއްވުމުގެ ގޮތުން އޭނާ މިއަދު މީޑިއާތަކާ ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އެމްއެމްއޭއިން އިސްތިއުފާ ދެއްވަނީ، "މިފަހުން [އެމްއެމްއޭ]ން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާއި އެގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުންތަކަކަށް ނުވާތީ" ކަމަށެވެ.
މިފަހުން އެމްއެމްއޭގެ ބޯޑުން ވަނީ ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ކަމަށް ބުނެ ހުޅުމާލެއިން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުމަށް ނިންމާފައި 
އެކަން ފާސްކުރި ބައްދަލުވުމުގައި އިމާދު ބައިވެރިވެ ވަޑައެއް ނުގަންނަވާ؛ އަދި އެ ނިންމުން މުރާޖައާކޮށްދޭން އޭނާ ބޯޑަށް ހުށަހެޅުއްވި
އެ ނިންމުން ބޯޑުގައި ފާސްކުރީ ވޯޓް އެއްވަރުވުމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވޯޓް ދެއްވައިގެން
ފާހަގަކޮށްލެވޭ - އިމާދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މިދިޔަ ހަފްތާ ފާސްކޮށްފަ އެވެ. އަދި މިއަދުގެ ޖަލްސާގައި އެ މަސައްކަތް ފަށާކަން ތަޅުމުގައި އިއުލާންކުރަން އޮތީ އެޖެންޑާކޮށްފަ އެވެ. މީގެ އިތުރަށް: 
އޭނާ ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު އެމްއެމްއޭގެ ސިސްޓަމްތަކަށް އޭނާއަށް ނުވަދެވޭ ގޮތް ވަނީ އެންގުމަކާ ނުލާ ހަދާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ