ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ސާޖިއޯ ރާމޯސް ޖެހި ގޯލާ އެކު، އޭނާގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ މެކްސިކޯގެ މޮންޓެރޭ އިން އިޓަލީގެ އިންޓަ މިލާނާ 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
މަޝްހޫރު ރޯސް ބޯލް ސްޓޭޑިއަމްގައި، 40،000 އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި، މޮންޓެރޭ އިން އިން ލީޑުނެގީ 25 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އުމުރުން 39 އަހަރުގެ ރާމޯސް އެވެ. ސެވިއްޔާ އަށް ކުރިން ކުޅުނު އޮލިވަ ޓޯރޭޒް ނަގައިދިން ކޯނަރެއްގައި، އިންޓަގެ އިސްކޮޅުން ދިގު ޑިފެންޑަރުންގެ ތެރެއިން އަރައި، ރާމޯސް ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ.
އިންޓަ އިން ކުރިއަށްޖެހި ލަނޑެއް ޖަހަން ކުރި މަސައްކަތުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބު ހޯދި އެވެ.
އެ ގޮތުން، އެ ޓީމަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ، މެޗުގެ 42 ވަަނަ މިނިޓްގައި ލައުޓާރޯ މާޓިނޭޒް އެވެ. މިއީ، އިންޓަ އަށް ލިބުނު ހިލޭ ޖެހުމެއްގައި އަވަސް ކުޅުންތަކަކަށް ފަހު، ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަކަށް އަރައި މާޓީނޭޒް ޖެހި ގޯލެކެވެ. މި ގޯލު ބަލައިގަންނަން ނިންމީ، އޮފްސައިޑްވިތޯ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ޔަގީންކުރުމަށް ފަހު އެވެ. އެކަމަކު، ދެ ވަނަ ހާފުގައި މާޓީނޭޒް ޖެހި ގޯލެއް ވީއޭއާރް އިން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރާމޯސް ވަނީ، އިންޓަ އިން ދެ ވަނަ ގޯލެއް ޖެހިޔަނުދޭން ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި، ރޭ އާޖެންޓީނާގެ ރިވަ ޕްލޭޓް ވަނީ ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް އަތުން 3-1 އިން މޮޅުވެފަ އެވެ.
ރާމޯސްގެ ގޯލާ އެކު މޮންޓެރޭ އަށް އިންޓަ އަތުން ޕޮއިންޓެއް ރާމޯސްގެ ގޯލާ އެކު މޮންޓެރޭ އަށް އިންޓަ އަތުން ޕޮއިންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ