ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ގއ. ވިލިނގިލި، ހުސެއިން ފަޔާޒްއާ އަލްޝާލީ މެރިން މަޖެލަން 32 ގެ ބޯޓު ހަވާލުކޮށްފި އެވެ.
ދިރާގުން އެ ސްޕީޑް ބޯޓު ފަޔާޒްއާ ހަވާލުކުރީ ޔަމަހާ 175 ހޯސްޕަވަރުގެ ދެ އިންޖީނާ ވެސް އެކުގަ އެވެ.
އިނާމު ހަވާލު ކުރުމަށް ބޭއްވި އިވެންޓުގައި ފަޔާޒް އާއި އޭނާގެ އާއިލާ އާއި ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން އަލްޝާލީ އަދި އެލިއާ އިންވެސްޓްމަންޓުން ބައިވެރިވި އެވެ.
ވޭތުވެދިޔަ 16 އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދިރާގުގެ ގިނަ ހިދުމަތްތައް ބޭނުންކުރަމުންދާ ފަޔާޒް ބުނީ ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިވިއިރު އިނާމު ލިބިދާނެ ކަމަށް ހީނުކުރާ ކަމަށެވެ.
"މި ޕްރޮމޯޝަންގައި ބައިވެރިވީ އޭނާގެ ހަގު ފިރިހެން ދަރިފުޅު މި ކަމަށް ޝައުގުވެރިވާތީ، ދަރިފުޅު ހިތްހަމަޖައްސައިދޭން. އެހެންކަމުން، މި ބޯޓު ލިބިނުކަން އެނގުމުން ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވި،" އޭނާ ބުންޏެވެ.
ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި، ރާއްޖޭގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެ ޕްރޮމޯޝަންއަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.
ފަޔާޒްއަށް ދިން އެ ބޯޓަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ އެކިއެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ބޭނުންކުރެވިދާނެ ބޯޓެކެވެ. ދިރާގުން ވަނީ ވޭތުވެ ދިޔަ އަހަރު ވެސް މި ފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ދީފައެވެ.
ދިރާގު "ވިން އަ ސްޕީޑްބޯޓް" ގެ ނަސީބުވެރިޔާއާ ބޯޓު ހަވާލުކޮށްފި ދިރާގު "ވިން އަ ސްޕީޑްބޯޓް" ގެ ނަސީބުވެރިޔާއާ ބޯޓު ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ