ޓެކްސީ ޚިދުމަތާ ގުޅޭ ގޮތުން ސަރުކާރާއި ޕާޓީގެ ވާހަކަ ދިމާނުވެ، ހާމަވަނީ ވާނުވާ ނޭނގޭކަން: ޝާހިދު
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމާ ގުޅޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ، ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. ޝާހިދު އެހެން ވިދާޅުވީ، ޓެކްސީ ޚިދުމަތް ތައާރަފު ކުރަން ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެންނެވެ. https://sun.mv/202509 އެ މަސައްކަތް ހަވާލުކުރީ، ސަރުކާރަން ޓެކްސީގެ ޚިދުމަތްދޭން ނޫޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. އެ ވާހަކަތަކަށް އިޝާރާތްކުރައްވައި ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އާންމު ރައްޔިތުން ކުރަމުން އައި ޓެކްސީ ވިޔަފާރިއަށް ސަރުކާރު ވަދެ، އެ ޑްރައިވަރުންނާ ވާދައަށް ނުކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތް ކަން ދޭހަވާ ކަމެއް ކަމަށެވެ. ޓެކްސީ އެށް ދަތުރުކުރަނީ: ޝާހިދު ވަނީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ފަށާތީ އެކަމަށް ފާޑު ވިދާޅުވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ https://x.com/abdulla_shahid/status/1889617827054887066 ސަރުކާރުން ވާން ޖެހޭނީ އާންމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީގެން އެ ވިޔަފާރިއެއް ރެގިއުލޭޓު ކުރާ ފަރާތަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެއާއެކު، ޝާހިދު ވިދާޅުވީ، އާންމު ހުރިހާ ވިޔަފާރިއެއްގައި އާންމުންނަށް ސަރުކާރަށް ވާދަކުރަން ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށެވެ. މިގޮތުން، ކޮންމެ ކަމެއްގައި ވެސް ފެންނަނީ ސަރުކާރުގެ އަމާޒެއް ނެތް ކަމަށާއި ދައުލަތް ހިންގަން ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. "ވަކިން ޚާއްސަކޮށް، ސަރުކާރުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް،" ޝާހިދު ވިދާޅުވިއެވެ. ވެލާނާ އެއާޕޯޓް ޓެކްސީ ކިޔޫ: ޝާހިދު ވިދާޅުވީ ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަނުމުން ދޭހަވަނީ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ https://sun.mv/202412 އެމްޓީސީސީން ވަނީ، ސަރުކާރުން ތައާރަފުކުރާ ޓެކްސީ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީ ލައިނެއް ކަމަށް ބުނެފައެވެ. ސައުވީސް ގަޑިއިރަށް މި ޚިދުމަތް ދޭ ގޮތަށް މިކަމަށް ޚާއްސަ އެޕްލިކޭޝަނެއް ހަދަން ނިންމައިފައިވާއިރު، އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައި އޮންނަ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މި ޚިދުމަތަށް ނަގާނީ މިހާރު ވެސް އެ މިނިސްޓްރީގައި ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާ އަގުތައް ކަމަށް ބުނެފައެވެ. ސަރުކާރުން ޓެކްސީ ޚިދުމަތް ދޭން ފެށުމަކީ އަމިއްލަ ސެންޓަރުތަކުގެ ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ