ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވިޔަސް އައިޖީއެމްއެޗްގެ ހިދުމަތްތައް މެދުނުކެނޑޭނެ

ބުރާސްފަތި ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އިޖީއެމްއެޗް)ގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 6 އެއްވާ ބުރާސްފަތި ދުވަހެވެ. އެހެންކަމުން އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.
އައިޖީއެމްއެޗް އިން ނެރުނު ދެންނެވުމެއްގައި ބުނީ އެ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އެހެންކަމުން ރަސްމީ ބަންދު ނަމަވެސް އައިޖީއެމްއެޗް އިން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކަށް ބުރުއުނާރާނެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުން އޮންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު މަޖިލިސް ކުރާގޭގައެވެ. ރިޔާސީ ބަޔާނުގައި މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކާއި ތަރައްގީގެ މަޝްރޫތައް ރައީސް ފާހަގަކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ