ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅާ ބެހޭ ގޮތުން ލިއުނު ބައޮގްރަފީ މި މަހު 10ގައި ނެރެން ހަމަޖައްސައިފި އެވެ.
ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މުޅި ހަޔާތްޕުޅު، 700އަށް ވުރެ ގިނަ ސަފުހާގެ މައްޗަށް ލިއުއްވީ މީގެ ކުރިން ރާއްޖޭގެ ދެ ވެރިޔަކާ ބެހޭ ބައޮގްރަފީ ވެސް ލިއުއްވި މުހައްމަދު ޖަމީލެވެ.
ދިވެހިރާއްޖެ އަޑުން ނޫސްވެރިކަން ފެއްޓެވި އަދި މިހާރު ވެސް ޕީއެސްއެމްގައި ވަޒީފާ އަދާކުރައްވާ ޖަމީލް މީގެ ކުރިން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީންއާ ބެހޭ ގޮތުން 'އޯކިޑް' އަދި ފަސް ވަނަ ރައީސް މުހައްމަދު ވަހީދުގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކުރެއްވި 'އިންސާފު' ލިއުއްވައިފަ އެވެ.
ރާއްޖޭގެ ސިޔާސީ އެހެން ލީޑަރުންނާ ހިލާފަށް ގާސިމަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން ވެސް އެއް ބޭފުޅެވެ. އޭގެ އިތުރުން އެންމެ ފުޅާ ދާއިރާއެއްގައި އާންމުންނަށް އެކި ގޮތްގޮތުން އެހީތެރިވެއްދެވުމުގައި ވެސް އޭނާއަކީ އޭގެ ދެވަނައެއް ނެތް ފަދަ ބޭފުޅެކެވެ. އެހެންކަމުން ގާސިމްގެ ހަޔާތްޕުޅަކީ ވަރަށް ތަފާތު ވާހަކައެއް ކަމަށް ފެނެ އެވެ.
މި ފޮތް ނެރެން ހަމަޖައްސާފައި ވަނީ ގާސިމްގެ ވިލާ ކޮލެޖްގައި 10 ފެބްރުއަރީ ރޭގަނޑު އެވެ. އެ ހަފުލާގެ އިންތިޒާމްތަކުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވީ ފޮތުގެ އިތުރުން އޭގެ އޯޑިއޯ އާއި ފޮތަށް ހާއްސަ ވެބްސައިޓް އިފްތިތާހު ކުރުން ވެސް އޮންނާނެ ކަމަށެވެ.
ގާސިމްގެ ހަޔާތްޕުޅު ތަމްސީލުކޮށްދޭ ފޮޓޯ މައުރަޒެއް ވެސް އެރޭ ވިލާ ކޮލެޖްގައި ހުޅުވަން ވަނީ ހަމަޖައްސައިފަ އެވެ. އާންމުންނަށް އޮތް އުފާވެރި ހަބަރަކީ 11 ވަނަ ދުވަހުގެ ރޭގަނޑު 10:30އާ ހަމައަށް ކުރިއަށް ގެންދާ މައުރަޒަށް ދާ ކޮންމެ މީހަކަށް ގާސިމްގެ ބައޮގްރަފީގެ ކޮޕީއެއް ހިލޭ ލިބުމެވެ.
މި ފޮތް ޗާޕްކޮށްފައި ވަނީ ކުލަކޮށް، ހާޑްކަވާގަ އެވެ.
ގާސިމް އިބްރާހިމްގެ ބައޮގްރަފީ މި މަހު 10ގައި ނެރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ