ހިޒްބުއްލޯ ބޭރުކޮށް ލުބުނާނުގައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ހަދައިފި

ލުބުނާނުގެ ސަރުކާރުގައި ކުރިން ހިއްސާ އޮންނަ ހިޒްބުއްލޯ ބޭރުކޮށް އެމެރިކާ ރުހޭ ގޮތަށް އާ ސަރުކާރެއް އެކުލަވާލައިފިއެވެ.
ރޭ ރިޔާސީ ގަނޑުވަރުގައި އޮތް ރަސްމިއްޔާތެއްގައި އާ ސަރުކާރު އިއުލާން ކުރައްވާ އާ ބޮޑުވަޒީރު އިއްވެވި ލިސްޓުގައި ހިޒްބުއްލޯ އަށް ނިސްބަތްވާ އެއްވެސް މެންބަރަކު ނުހިމެނެއެވެ.
ހަތިޔާރު އެޅި ވަރުގަދަ ޖަމާއަތް (ހިޒްބުއްލޯ) އަކީ މީގެ ކުރިން ލުބުނާނުގެ ސަރުކާރުގައި ހިމެނޭ ޖަމާއަތެކެވެ. އެ ޖަމާއަތުގެ މެންބަރުން ކެބިނެޓާއި މަޖިލީހުގައި ވެސް ހިމެނެއެވެ. ނަމަވެސް ހިޒްބުއްލޯ އާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައަށް ފަހު އެ ޖަމާއަތުގެ އިސް އާރުކާޓީ އަވަހާރަ ކޮށްލައި އެ ޖަމާއަތުގެ ބާރު ވަނީ ކަނޑުވާލާފައެވެ.
އެއާއެކު އެމެރިކާއިން ކަނޑައެޅި ހާއްސަ އަންހެން މަންދޫބަކު ލުބުނާނަށް ވަޑައިގެން އާ ސަރުކާރެއް އެކުލަލަވާލަން ވީ ގޮތުގެ އިރުޝާދު ދެއްވައި އެ ނޫންގޮތަކަށް ދާ ނަމަ މާލީ އެހީތެރިކަން ކަނޑާލައި ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވިއެވެ.
މިހާރުވެސް ބަނގުރޫޓުވެފައި ވާ ހާލަތުގައި އޮތް ލުބުނާން އާރާސްތު ކުރުމަށާއި އިގްތިސޯދީ ގޮތުން ހިންދެމިލުމަށްޓަކައި ބިލިއަން ބިލިއަން ޑޮލަރުގެ އެހީ ބޭނުންވެއެވެ.
ދާހިލީ ހަނގުރާމަ އާއި ސަރަހައްދީ ހަނގުރާމައިގެ އިތުރުން އިޒްރޭލުގެ ނުފޫޒާއެކު ހުޅަނގާއި އަރަބި ބައެއް ގައުމުތަކުން ލުބުނާނަށް ފިއްތުންތައް ކުރިމަތި ކޮށްފައި އޮންނަތާ ކިތަންމެ ޒަމާނެކެވެ.
24 މެންބަރުންގެ ކެބިނެޓެއް އެކުލަވާލައި އާ ބޮޑުވަޒީރު ނަވާފް ސަލަމް ވިދާޅުވީ، މާލީ ގޮތުން ފުދުންތެރި ވުމާއި، އާރާސްތު ކުރުމާއި އިޒްރޭލާއި ލުބުނާނާ ގުޅޭ އިން ބެލެހެއްޓުމަށް އދ އިން ކަނޑައަޅާފައި ހަމަތަކަށް އިހްތިރާމް ކޮށް ކުރިއަށް ދިޔުމަކީ މި ވަގުތަށް އެންމެ އިސްކަން ދެއްވާ ކަންތައް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ