ޔުމްނުގެ ހައްގުގައި މައިންކްރާފްޓުގައި އެއްވެ އަޑުއުފުލައިފި ޔުމްނުގެ ހައްގުގައި މައިންކްރާފްޓުގައި އެއްވެ އަޑުއުފުލައިފި

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިސްނަގަައިގެން ކުރާ މުޒާހަރާތައް އޮންލައިންކޮށް، ރޭ މައިންކްރާފްޓުގައި ވެސް އަޑުއުފުލައިފި އެވެ.
ޖެހިޖެހިގެން ފަސް ރޭ މަޖީދީ މަގު ބަންދުކޮށް މުޒާހަރާ ކުރުމަށްފަހު، ޒުވާނުން ރޭ ޔުމްނުގެ ހައްގުގައި އަޑުއުފުލީ އޮންލައިންކޮށެވެ. އެގޮތުން، އެކްސް ސްޕޭސް، ޓިކްޓޮކް ލައިވް، އަދި، މައިންކްރާފްޓުގައި ޒުވާނުން ވަނީ އަޑުއުފުލާފަ އެވެ.
މީގެ ތެރެއިން ފުރާވަރު ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަގުބޫލު އޮންލައިން ގޭމް، މައިންކްރާފްޓުގައި ބޭއްވި އެއްވުން ނުވަތަ ކުރި މުޒާހަރާ ފާހަގަކޮށްލެވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ ރާއްޖޭގައި ކަމަކަށް އަޑުއުފުލުމަށް ގޭމިން ސާވާއެއްގައި ބޭއްވި ފުރަތަމަ މުޒާހަރާ އެވެ.
މި މުޒާހަރާގައި 38 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެކަމުގައި ހަރަކާތްތެރިވި މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިކަން ރޭވީ ގަޑިއިރެއްގެ ތެރޭގައި ކަމުން ލިބުނު ތަރުހީބާ މެދު އުފާވާ ކަމަށެވެ.
ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ މެދުކެނޑުމަކަށްފަހު މިރޭ މަގުމައްޗަށް އެއްވާނެކަން އިއުލާނުކޮށްފަ އެވެ. އެ މުޒާހަރާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރުމަށް ވެސް ގޮވާލާފަ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވައިލުން ހިމެނެ އެވެ. ޒުވާނުން ކުރާ ޑިމާންޑުތަކުގެ ތެރެއިން މިހައިތަނަށް ފުއްދާފައި ވަނީ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު އިސްތިއުފާ ދިނުމާއި ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.
އިހުތިހުޖާޖު ކުރާ މީހުންގެ ޑިމާންޑުތަކަކީ:
ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޒުވާނުން މުޒާހަރާ ކުރަން ފެށި ފަހުން، ހާދިސާ ހިނގިތާ ހަ ދުވަސް ވެސް ފާއިތުވި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ