ގެއްލުނު ދޯނި ފެނެއްޖެ، އެންމެންގެ ހާލު ރަގަޅު

"ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ކޯސްޓް ގާޑުން މައުލޫމާތުދޭ. ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި. ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު،"
ފަސް މީހުންނާއެކު ގދ. ގައްދޫ އިން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި އިންޖީނު ހުއްޓިފައި އޮއްވާ ފެނެއްޖެ އެވެ.
މި ދޯނި ގައްދޫން ފުރާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 8:00 އެކާކަށްހާއިރު ކަމަށެވެ. ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.މި ދޯނީގެ ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ހަވީރު 6:00 ގައެވެ. ފުލުހުން މިއަދު ހެނދުނު ބުނީ މިހާރު ދޯނި ފެނިފައިވާ ކަމަށެވެ."ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ކޯސްޓް ގާޑުން މައުލޫމާތުދޭ. ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި. ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު،" ފުލުހުން ބުންޏެވެ.އެމްއެންޑީއެފުން ބުނީ ދޯނީގެ ވެރިފަރާތާ ގުޅިގެން އެ ދޯނި ކައިރި ރަށަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ