އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް އަރުވައިފި

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓްރޭޓްގެ ޝަރަފު މިއަދު އަރުވައިފި އެވެ.މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މިވަގުތު ހުންނެވީ އެ ގައުމުގަ އެވެ. އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސްއަށް އަރުވާފަައިވަނީ މިކަމަށްޓަކައި އައިއައިޔޫއެމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ.ތަފްސީލް - 'އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ'ގެ ޝަރަފު ރައީސް މުއިއްޒަށް އަރުވާފައިވަނީ އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މި ޝަރަފު ރައީސްއަށް އެރުއްވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ވެރިޔާ، އަޒާޒީ އައިމިނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ.އޭނާ ވިދާޅުވީ އިސްލާމީ އުސޫލުތަކާއި އިންސާފުގެ މަގުން ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުމަށާއި ގައުމު ހިންގުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި އެ މަނިކުފާނުގެ ލީޑާޝިޕް ފާހަގަކޮށްލެވޭ ކަމަށެވެ. އެ ޝަރަފު ރައީސް މުއިއްޒަށް އެރުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވި ދައުވަތަކަށް ރައީސް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގަ އެވެ. މި މަހުގެ 27 ގައި ފެށި އެ ދަތުރު ނިންމައިލާނީ މާދަމާ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ