ޝަަރަފުވެރި އެވަގުތުކޮޅުވެސް ރައީސް އިސްކުރެއްވީ ފަލަސްތީނާއެކު ހުންނެވިކަން ހާމަކުރެއްވުމަށް

އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރައްވައި އެ އަމަލުތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓާނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ. އައިއައިޔޫއެމް ގެ ފަރާތުން "އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން އެމަނިކުފާނަށް އެރުވި، ޑޮކްޓާ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގް ރީއާ ހަވާލުވެވަޑައިގަތުމަށް ފަހު ތަގުރީރު ކުރައްވަމުން އެމަނިކުފާނު ވަނީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތަކަށް އަލިއަޅުވާލައްވާފަ އެވެ.
އެންމެ ބޮޑު ހިތާމައަކީ އަދި ކަންބޮޑުވުމަކީ ފަލަސްތީނުގެ ހާލަތު ކަމުގައި ވިދާޅުވި އެވެ.
Advertisement
އެގޮތުން އިސްރާއީލުގެ އަމަލުތައް ކުށްވެރި ކުރައްވައި އެ އަމަލުތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
އަދި އިސްލާމް ދީނަކީ، އަމަން އަމާންކަމާއި، އޯގާތެރިކަމާއި، ޢިލްމާއި، އަދުލުއިންސާފަށް ގޮވާލާ ދީނެއްކަން ފާހަގަކުރައްވައި، ކޮންމެ މުސްލިމު ދަރިއަކަށްވެސް އިލްމު އުނގެނި، ކުރިއަރައި، އިސްވާރަކަށް ވެވޭނޭ ފަދަ މުސްތަގުބަލެއް ގާއިމުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވާފައިވެ އެވެ.
ރައީސް ގެންދަވަނީ ފަލަސްތީނުގެ މައްސަލާ ގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ. ފަލަސްތީނާއެކު ހުންނެވި ކަމަށް ތަކުރާރު ކޮށް ވިދާޅުވަމުން ގެންދަވަ އެވެ.
ދިވެހިރާއްޖެއިން މިހާރު ވަނީ އިޒްރޭލްގެ ޕާސްޕޯޓް ވެސް މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ