އަތޮޅުތަކުގެ އިމާމުންގެ މުސާރަ ލިބުން މިމަހު ލަސްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިމާމުން ތިބި ވައިބާ ގްރޫޕަކަށް މިނިސްޓްރީން ފޮނުވި މެސެޖެއްގައި ބުނީ އިމާމުންގެ މި މަހުގެ މުސާރަ ލިބުން ލަސްވަނީ، މުސާރަ ތައްޔާރު ކުރަމުންދަނިކޮށް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އެ ގްރޫޕްގައި އިތުރަށް މިނިސްޓްރީން ބުނެފައި ވަނީ ސިސްޓަމަށް ދިމާވި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށް، މުސާރަ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް މުސާރަ ދެވޭނެތޯ މަސައްކަތް ކުރަމުން ކަމުގައި ދަންނަވަން،" އިމާމުންގެ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
އިމާމުންގެ ތެރޭގައި އެލަވަންސް ލިބޭ އިމާމުންނާއި މުސާރަ ލިބޭ އިމާމުން ތިބެ އެވެ. އޭގެ ތެރެއިން މުސާރަ ލިބެނީ ދާއިމީ ގޮތުގައި ވަޒީފާގައި ތިބޭ އިމާމުންނަށެވެ.
މުސާރަ ނުލިބި ލަސްވެގެން އުޅެނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ތިބި އިމާމުންނަށް އެކަންޏެވެ.
އިމާމުންގެ މުސާރަ ލިބުން މި މަހު ލަސްވާނެ ކަމަށް އަންގައިފި އިމާމުންގެ މުސާރަ ލިބުން މި މަހު ލަސްވާނެ ކަމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ