ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
އެ ކޯޓުގެ ބެންޗުން މަގާމެއް ހުސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ދުސްތޫރީ މައްސަލަ ނިންމުމަށްޓަކައި އެ މަނިކުފާނު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީ އިން މިއަދު ކުރި އިއުލާނުގައި ބުނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެ މުއްދަތު ހަމަވާނީ ބުދަ ދުވަހުގެ ހެދުނު 11:00 ގަ އެވެ.
ސުއޫދު ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށްޓަކައި އެ މަނިކުފާނު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ.
ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި އޭނާ ވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް އަދި އޭސީސީގެ ރައީސް އާދަމް ޝާމިލް ކަމަށް ތުހުމަތުކުރައްވާފަ އެވެ.
"ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެދޭ ގޮތަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް [ދަނީ ގާނޫނުއަސާސީއާ ހިލާފަށް ނުފޫޒު ފޯރުވަމުން]،" ސުއޫދު ވިދާޅުވި އެވެ.
ގޮނޑި ގެއްލުވައިލެވޭ މައްސަލަ ކޯޓުން ބަލަނިކޮށް، ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހަކުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލެއް ވެސް ފާސް ކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ރައީސް އެ ބިލު ތަސްދީގު ނުކުރައްވަ އެވެ.
މަޖިލީހުން ފާސްކުރި އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު، ތަސްދީގު ކުރި ނަމަވެސް ބާރު ނުހިނގާނޭ ބިލެއް ކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދާއި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކުރި އެވެ. ސުއޫދު އިސްތިއުފާދެއްވީ ސަސްޕެންޑުކުރި ފަހުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި, މުއްދަތަކީ ދެ ދުވަސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި, މުއްދަތަކީ ދެ ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ