މާލެއިން ކަރަންޓު ކެނޑުނުތާ ތިން ގަޑިއިރު ފަހުން ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ސްޓެލްކޯއިން ދޭން ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުދީ، ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭ އާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން މިއަދު 12:30 ހާއިރު މުޅި ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން އަންގާފައިވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ސައުދީ އަރަބިއްޔާގައި މިވަގުތު ހުންނެވި ރައީސް މުއިއްޒު އެކްސްގައި ޕޯސްޓު ކުރެއްވި އެވެ.
ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
"ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފަ،" ދާދި ދެންމެއަކުން ފުލުހުން ބުނެފައި ވެ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ