ޖަޕާނުގެ އެންމެ މޮޅު ޔުނިވާސިޓީތަކުން ހިލޭ ކިޔަވަން 6 ފުރުސަތު

ޖަޕާން ސަރުކާރުގެ 'ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް' (ޖޭޑީއެސް)އަށް 194 މިލިއަން ޖަޕަނީސް ޔެން (21 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި މިއަދު ދީފި އެވެ.
ވީ ކިހިނެއް؟ - ޖޭޑީއެސްއިން މިއަހަރަށް ދިނުމަށް ހަމަޖެހިފައިވަނީ ހަ ސްކޮލަޝިޕްގެ ފުރުސަތެވެ. އަދި އެކަމާ ބެހޭ 'އެކްސްޗޭންޖް އޮފް ނޯޓްސް'ގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު
ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ
ތަފްސީލު - އެ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 194 މިލިއަން ޖަޕާނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 21 މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމާފަ އެވެ.
މިއީ ޖަޕާނު ސަރުކާރުން 2020 އިން ފެށިގެން ދެމުން އަންނަ އެހީ އެކެވެ. އެ އެހީގެ ދަށުން ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.
އެ ސްކޮލަޝިޕް ޕްރޮގްރާމުގެ މަގްސަދަކީ މުސްތަގްބަލުގައި އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޒު ކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ