ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ، ހީނާ ވަލީދުގެ ބައްޕަ ހަސަން ވަލީދު (ހަސަންބެ) ނިޔާވެއްޖެއެވެ.
އުމުރުން 70 އަހަރުގެ ހަސަން ވަލީދު ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އައްޑޫސިޓީގެ ހިތަދޫ ބޭފުޅެއް ކަމުގައިވާ ހަސަން ވަލީދަކީ އައްޑޫގެ ތައުލީމި ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވެވި އިލްމީ ބޭފުޅެކެވެ. އެގޮތުން ނޫރާނީ ސްކޫލާއި އަލްމަދުރަސަތުލް އިސްލާމިއްޔާގައި ހަސަންވަލީދު ވަނީ ދިވެހި އަދި ގުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާފައެވެ. މީގެ އިތުރުން އައްޑޫގެ ގިނަ ދަރިވަރުން ތަކަކަށް ގުރުއާން އުނގަންނަވައި ދެއްވި ހަސަން ވަލީދަކީ ހިތަދޫގެ މިސްކިތްތަކުގައި އިމާމުކަން ކުރެއްވެވި ބޭފުޅެކެވެ.
ހިލޭ ސާބަހަށް ވެސް ގިނަ ބަޔަކަށް ކީރިތި ގުރުއާން އުގަންނަވައި ދެއްވެވި ހަސަން ވަލީދަކީ ދިވެހި އަދަބިއްޔާތުގެ ވެސް އުސްތާޒެކެވެ. މީގެ އިތުރުން މީހުންނާއި ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރި ހަސަން ވަލީދު ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ގެއްލިގެން ދިޔައީ އެތައް އަހަރެއް ވަންދެން އައްޑޫގެ ރައްޔިތުންގެ ހިތަށް ބަންގިއާއި ކީރިތި ގުރުއާނުގެ އަޑުން ހިތްތަކަށް ފިނިކަން ގެނުވަމުން ގެންދެވި ހިތްގައިމު އަޑެއް ކަމަށެވެ.
ހަސަން ވަލީދު ނިޔާވީ ކެންސަރުގެ ބައްޔަށް ބޭސްކުރައްވަވަން ފެއްޓެވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބް ރައީސް މާލެ ވަޑައިގެންފި ކަރަންޓުގެ އަގަށް ގެނައި ބަދަލު ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކުރާނަން: ރައީސް ގެދޮރު ނެތް 18 އަހަރުން މަތީގެ މީހުންނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ