ދިރާގުގެ އަހަރީ އެވޯޑު ދިނުމުގެ ހަފްލާގައި އެ ކުންފުންޏަށް މުވައްޒަފުންގެ ފަރާތުން ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށްފި އެވެ.
ކްރޮސް ރޯޑްސްގައި ރޭ ބޭއްވި ހަފްލާއެއްގައި ދިރާގަށް ދިގު މުއްދަތައް ހިދުމަތްކުރި މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 96 މުވައްޒަފުންނަށް އެވޯޑު ދިނެވެ.
އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
މިދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 42 މުވައްޒަފުންނަށް ވެސް އެވޯޑު ދިނެވެ. އޭގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 15 އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނެ އެވެ.
ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ޗެއާޕާސަންސް އެވޯޑް ލިބުނީ ދިރާގުގެ ޓްރާންސްޕޯޓް ނެޓްވޯކްސްގެ މުހައްމަދު ޝަންމޫން ޝަފީގަށެވެ. ޝަންމޫންއަކީ ދިރާގު ޓްރާންސްޕޯޓް ނެޓްވޯކްސް ޓީމުގެ މުހިންމު މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުވައްޒަފެކެވެ.
ޝަންމޫން ވަނީ މިދިޔަ އަހަރު ދިރާގުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ.
މިގޮތުން، ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ފަސް އާ ސަބްމެރިން ކޭބަލް ލިންކް ގާއިމުކުރުމުގެ މަޝްރޫއު ހިންގައި، މޯލްޑިވްސް ސްރިލަންކާ ކޭބަލް ސިސްޓަމްގެ އަޕްގުރޭޑް މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ސީމީވީ-6 ލޭންޑްރޫޓް ގާއިމްކޮށް އަދި ބީޗް މޭންހޯލް އިމާރާތްކުރުމުގައި މުހިންމު ދައުރެއް އޭނާ އަދާކުރި އެވެ.
ދިރާގުން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.
ދިރާގަށް އަގުހުރި ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި ދިރާގަށް އަގުހުރި ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ