ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި، ޕާކިސްތާނުގައި ކިޔަމުންދާ ބައެއް ދިވެހި ދަރިވަރުން އެނބުރި ރާއްޖެއަށް އަންނަން އެދެމުންދާއިރު، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިންޑިޔާއިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، އާންމު ވައިގެ ދަތުރުފަތުރު މި ވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ. އެހެންކަމުން، ޕާކިސްތާނުގައި ތިބި ބައެއް ކިޔަވާ ކުދިން އެނބުރި ނާދެވިފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އެކަމާ ގުޅިގެން، ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މި މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
"މިގޮތުން، ޕާކިސްތާނުގެ މަސްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ."
މިނިސްޓްރީން އިތުރަށް ބުނީ، ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.އެހެންކަމުން މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ މިމިނިސްޓްރީގެ ހޮޓްލައިން:
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލު ދަނީ ގާތުން ބަލަމުން: ފޮރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ