ހުވަދު އަތޮޅު ހަ ރަށެއްގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާއަޅައިފި

ހުވަދު އަތޮޅުގެ ހަ ރަށެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅައިފިއެވެ. 
މިއަދު އެރަށްރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެތަކުގެ ބިންގާ އަޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި އެރަށްރަށުގެ އެކި މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ހުވަދުއަތޮޅު އުތުރުބުރީ އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބިންގާ އަޅުއްވައިދެއްވާފައިވަނީ ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގައެވެ. 
،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ