ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސ.ހިތަދޫ ޑިވައިންޓެސްޓް ހުސެން ފިޔާޒް އެންމެ ފަހުން ފެނުނު ކަމަށް އާއިލާ އިން ބުނަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި ގެއްލިގެން އާއިލާ އިން ރިޕޯޓްކުރީ މި މަހުގެ 16 ގައި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ގެއްލިގެން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ ފުލުުހުން ވަނީ ގެއްލުނު މީހާ "ފެނިއްޖެ" ކަމަށް ބުނެފަ އެވެ.
"އެންމެ ފަހުން ފެނުނު ކަމަށް ބުނާ ދުވަހު އޭނާ ޖަލު ހުކުމް ތަންފީޒު ކުރުމަށް ވަނީ މި ކޯޓުން ހުކުމެއް ކޮށްފައި. އޭނާ އާއި އޭނާގެ މައްސަލައިގެ ފައިލް ވަނީ ޑީޕީއާރްއެސްއާ ހަމަ އެ ދުވަހު ހަވާލުކޮށްފައި،" ޑްރަގް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ މީހާގެ މައްޗަށް އޮތީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ކުށް ސާބިތުވެ، މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ފަރުވާ އަށް ފުރުސަތު ދޭ ޑްރަގް ކޯޓުން މީހަކު ޖަލަށް ފޮނުވަން ހުކުމް ކުރާނީ، ރިހެބިލިޓޭޝަން ފަރުވާ އަށް ފުރުސަތު ދީ ކުރާ ހުކުމުގައި ކަނޑައަޅާފައި ޝަރުތަކާ ހިލާފް ވެއްޖެ ނަމަ އެވެ.
ގެއްލިގެން ހޯދާ މީހާ ވަނީ ޖަލަށް ލާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ