ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ކުއްލި ގޮތަކަށް ސަސްޕެންޑު ކުރި އަޒްމިރާލްދާ ޒާހިރުގެ މައްސަލަ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށް އޭނާ ހުށަހަޅުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ އަޒްމިރާލްދާ އދ. އަށް ހުށަހަޅާފައި މިވަނީ, އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވި ހުސްނުއް ސުއޫދު ވެސް ހުށަހަޅުއްވާފައި ވަނިކޮށެވެ.
އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އދ. އަށް މައްސަލަ ހުށަހެޅީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަޒްމިރާލްދާ ސަސްޕެންޑުކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުން ގެންދާ އިޖުރާއަތުތަކާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން އެމްބަަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް އޭނާ ސަސްޕެންޑުކުރި ގޮތުގެ މައްސަލަތައް ގެނެސްފައިވާ ކަމަށް އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.
އަޒްމިރާލްދާގެ ދެ މައްސަލައެއް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އާއި ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މިދިޔަ މަހުގެ 26، ގަ އެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮމިޝަނުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑުކުރި ގޮތުގެ މައްސަލަ އަޒްމިރާލްދާ ވެސް އދ. އަށް ހުށަހަޅައިފި ފަނޑިޔާރުކަމުން ސަސްޕެންޑުކުރި ގޮތުގެ މައްސަލަ އަޒްމިރާލްދާ ވެސް އދ. އަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ