ހިތާވެރިކަމެއް ކުރިމަތިވުމުން ދެރަވެވޭނެއެވެ. ރޮވޭނެއެވެ. ލޮލުން ކަރުނަވެސް އޮހޮރޭނެއެވެ. އެއީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އެކި މީހުން ދެރަވާނީ އެކިވަރަށެވެ. ދެރަވުމުން ކަންކަން ކުރެވޭނީވެސް އެކި ގޮތަށެވެ.
ހިތާމައާއި ހިތްދަތިކަން ކޮންމެ މީހަކަށްވެސް ކުރިމަތިވާނެއެވެ. އޮތީ ޘާބިތުވެލައި ހިތްވަރުކުރަން މަސައްކަތްކުރުމެވެ. އެކަމަށް އޮތް އެންމެ ފަސޭހަމަގަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމެވެ. ތިރީގައި އެވަނީ އެފަދަ ޙާލަތުގައި ކުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާ ދުޢާއެކެވެ.
ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ކުރާ ދުޢާ
كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ عِنْدَ الْكَرْبِ: «لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.
لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.
لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ».
[مُتَّفَقٌ عَلَيْهِ]
ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.
لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.
لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ.
މާނައީ: "މަތިވެރިވެ ޙިލްމުވެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.
މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.
އުޑުތަކުގެ ވެރި ރައްބު، ބިމުގެ ވެރި ރައްބު އަދި މާތް ޢަރުޝުގެ ވެރި ރައްބުކަމުގައިވާ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.”
[ރިވާކުރެއްވީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله]
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –
މަސްދރު: ދިސަލަފިއްޔާ
ކުރިމަތިވި ހިތާމައިގެ ބޮޑުކަމަށް ނުބަލާށެވެ! މިފަދައިން ދުޢާކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ