ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ހަޔާތުގެ މައްޗަށް ލިޔެ ނެރުނު ބަޔޮގްރަފީ ފޮތް ނެރުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭ ހުސްވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގާސިމްގެ 75 ވަނަ އުފަންދުވަހާ ދިމާކޮށް ރޭ އެ ފޮތް އިފްތިތާހު ކުރުމާ ގުޅުވައިގެން، ގާސިމްގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް މިރޭ 10:30އާ ހަމައަށް ވިލާ ކޮލެޖުގައި ކުރިއަށް އެބަގެންދެ އެވެ. އެ މައުރަޒަށް ޒިޔާރަތް ކުރާ މީހުންނަށް ގާސިމްގެ ބަޔޮގްރަފީ ފޮތް އައީ ހިލޭ ބަހަމުންނެވެ.
ތަފްސީލް - ވިލާ ފައުންޑޭޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ފޮތް މިވަގުތު ހުސްވެފައިވާ ކަމަށެވެ. ފޮތް ބޭނުންވާ މީހުންނަށް ބެހުމަށް ރޯދައިގެ ކުރިން އިތުރަށް ޗާޕުކޮށްގެން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު މެންދުރު ކުރިން ހުސްވެއްޖެ. ހިލޭ ބަހާ ފޮތެއް މިއީ. އަޅުގަނޑުމެން ޗާޕު ކޮށްގެން ގެނައި ހުރިހާ ފޮތެއް ހަމަ ހުސްވެއްޖެ،" އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ބަޔޮގްރަފީގެ ފޮތުގެ އިތުރުން އޭގެ އޯޑިއޯ ފޮތާއި އެއާ ގުޅޭ ވެބްސައިޓެއް ވެސް ރޭ ވަނީ އިފްތިތާހު ކޮށްފަ އެވެ.
އެންމެ ކުޑައިރު އުޅުއްވި ދަތިހާލާއި ބޮޑު ވިޔަފާރިވެރިއަކަށް ވުމަށް ގާސިމް ކުރެއްވި ދަތުރު، ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލް، ގާސިމްގެ ބަޔޮގްރަފީ ފޮތުގައި ކިޔައިދެއްވާފައިވެ އެވެ. އަދި ގާސިމްގެ ޒާތީ ދިރިއުޅުމާއި ސިޔާސީ މަސައްކަތްތައް ވެސް ވަރަށް ތަފްސީލުކޮށް މި ފޮތުގައިވެ އެވެ.
ގާސިމްގެ ބަޔޮގްރަފީ ފޮތް ބަހާ ހުސްވެގެން އިތުރަށް ޗާޕުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ