ތިބާގެ މަސްއޫލިއްޔަތު އަދާކުރަމުން ރިވެތިގޮތުގައި އުޅެމުންދަނިކޮށް ބައިވެރިޔާ ތިބާގެ ހިތުގައި ޖައްސުވަން ކަންކަން ކުރާނަމަ އެއީ ތިބާއަށް ލެއްވެވި ރަހްމަތަކަށް ބަދަލުކޮށްލެވޭނެ ކަމަށް ބުނެފިނަމަ ގިނަ ބައަކު އެހެން ބުނި މީހަކު ދެކެ ރުޅިވެސް އަންނާނެއެވެ. ނަމަވެސް އެބުނަނީ ހަމަ ތެދެކެވެ.
އެހެންވެ އަހުރެންވެސް މިބުނަނީއެވެ. ތިބާގެ މަސްއޫލިއްޔަތު އަދާކުރަމުން ރިވެތިގޮތުގައި އުޅެމުންދަނިކޮށް ބައިވެރިޔާ ތިބާގެ ހިތުގައި ޖައްސުވަން ކަންކަން ކުރާނަމަ އަވަހަށް ފުރުޞަތުގެ ބޭނުން ހިފައި އެއީ ތިބާއަށް ލެއްވެވި ރަހްމަތަކަށް ބަދަލުކޮށްލަން މަސައްކަތް ފަށާށެވެ!
ސަބަބުވެސް މިބުނަނީއެވެ. ތިބާ ދެކެ ކިތަންމެ ބޮޑަށް ލޯބިވާ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ނަމަވެސް ހިތުގައި ޖައްސުވަން މަސައްކަތްކުރާނަމަ އެއޮތީ އިމުން ބޭރުވެފައެވެ. އެބުނަނީ އަހުރެން ދެން ތިބާ ބޭނުމެއް ނޫނެވެ. އަވަހަށް ވަކިވެގެންދާށެވެ! އެއީ ވަކިވީ ތިމާކަން އެހެން މީހުންނަށް އަންގަން ބޭނުންނުވާތީ ވަކިވާން އަނެކާއަށް މަޖުބޫރުކުރުވަން ކުރާ ކަންކަމެވެ.
ވީމާ ކަންބޮޑުނުވާށެވެ! ދިމާއަށް ބުނާށެވެ! "ތިބާއަށް ޝުކުރިއްޔާއެވެ! އެއީ ތިބާއަށްވުރެ މާރަނގަޅު މީހަކު އަހުރެންނަށް ލިބެން ފުރުޞަތުދިނީތީއެވެ." މިމޭރުމުން ބުނެފައި އެމީހަކާއި އަވަހަށް ވަކިވާށެވެ! އަދި ދެވަނަ ގޮތެއް ހޯދަން ރަނގަޅު ގޮތުގައި މަސައްކަތްކުރަން ފަށާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
ބައިވެރިޔާ ތިބާގެ ހިތުގަ ޖައްސުވަން ކަންކަން ކުރާނަމަ އެއީ ތިބާއަށް ލެއްވެވި ރަހްމަތަކަށް ބަދަލުކޮށްލެވޭނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ