ފަތުރުވެރިކަމުގެ ލޯ ސީޒަން ފެށި، ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވާން ފަށައިފި އެވެ.
ކޮންމެ އަހަރަކު ވެސް މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ފަތުރުވެރިން އަންނަ އަދަދު މަދެވެ. އެއީ ވާރޭ ވެހޭ އަދަދު ގިނަވާތީ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ތަފާސްހިސާބު އާންމުކޮށްފައިވަނީ މި ހިނގާ މެއި 20، ގަ އެވެ. އެ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި މަހު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ނުވަތަ ޑެއިލީ އެވްރެޖް ހުރީ 4،632 ގަ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު މި އަދަދު ހުރީ 6،500 އިން މަތީގަ އެވެ. ފަތުރުވެރިކަން އެންމެ ރަނގަޅުވި ފެބްރުއަރީ މަހު ޑެއިލީ އެވްރެޖް ހުރީ 7،646 ގަ އެވެ. މިދިޔަ އަހަރު ވެސް ފަތުރުވެރިކަން އެންމެ ދަށްވީ މެއި މަހު އެވެ.
ވަކިވަކި ދުވަސްތަކަށް ބަލާއިރު ވެސް ޓޫރިސްޓުން އަދަދު ވަނީ މަދުވެފަ އެވެ. އެގޮތުން މި މަހު 1، ގައި 7،349 އަށްވުރެ ގިނަ ޓޫރިސްޓުން އައިއިރު، 20، ގައި އައީ އެންމެ 3،769 ޓޫރިސްޓުންނެވެ.
މި އަދަދުތައް ދަށްވި ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިހާތަނަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ އަށް ޕަސެންޓު އިތުރެވެ. މި މަހުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ވެސް މިދިޔަ އަހަރަށްވުރެ 12 ޕަސެންޓު އިތުރެވެ.
ރާއްޖެއަށް ޓޫރިސްޓުން އައި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އޮތީ ޗައިނާ އެވެ. ދެވަނައިގައި ރަޝިޔާ އަދި ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 923,390 އެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުންނެވެ.
ޓޫރިޒަމްގެ ލޯ ސީޒަން ފެށި، ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވާން ފަށައިފި ޓޫރިޒަމްގެ ލޯ ސީޒަން ފެށި، ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ