ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައި ތިއްބާ ފެނިއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ. ފުލުހުން ވިދާޅުވީ ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތުން އެ ފަސް މީހުންވެސް މިހާރު ފެނިފައިވާ ކަމަށާއި، ނަމަވެސް ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް، ނިޔާވި މީހުންގެ ވަނަވަރެއް ނުވަތަ އެމީހުން ފެނުނު ސަރަހައްދެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުންދާނެ ކަމަށެވެ.
ޑައިވިނަށް ދިޔަ ފަސް މީހަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ