ޖަލަށް ހުކުމް ކުރި ދެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި، ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބަންދު ކުރި ތިން މީހުންގެ ތެރޭގައި ސަރުކާރުގެ ކަންމަމަށް ޝޯޝަލް މީޑިއާގައި ގަދައަށް ފަޑުކިޔަމުން ގެންދާ ލިޔުންތެރިޔާ ޝަމްމޫން ޖަލީލް (ލޫކަސް) ހިމެނެ އެވެ.
ވީ ކިހިނެއް؟ - ނޫސްވެރިންނާއި ނޫސްވެރިކަމުގެ ދިފާއުގައި ރޭ ކުރި އެ މުޒާހަރާ ތެރެއިން ޝަމްމޫން ހިމެނޭހެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ތަފްސީލު - އެމީހުންގެ ވަކީލުން މައުލޫމާތު ދޭ ގޮތުގައި އެ 10 މީހުންގެ ތެރެއިން ތިން މީހަކު ބަންދުކޮށް، އަނެއް ހަތް މީހުން ވަނީ ދޫކޮށްލާފަ އެވެ.
އެގޮތުން:
ޝަމްއޫންގެ ބަންދަށް 10 ދުވަސް
ދެން ތިބި ދެމީހުންގެ ތެރެއިން އެކަކު ފަސް ދުވަހަށް އަދި އަނެކަކު ތިން ދުވަހަށް
މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުން ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ، އަމުރަށް ނުކިޔަމަންތެރިވެގެންނެވެ.
ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ނޫސްވެރިންގެ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ހުރަސް އަޅައިފަ އެވެ. އެގޮތުން މުޒާހަރާ ކަވަރު ކުރުމަށް އެއްވެސް ކަހަލަ ފަހި މާހައުލެއް ނުދީ، މުޒާހަރާގެ ބައިވެރިންގެ ގޮތަށް ކަވަރު ކުރަން ތިބި ބައެއް ނޫސްވެރިންނާ މެދު އަމަލުކޮށްފައިވެ އެވެ.
ޝަމްމޫން ހިމެނޭހެން ތިން މީހަކު ބަންދުކުރަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ