ސަން ސިޔާމް ރިސޯޓްސްއަށް 36 އަހަރު ފާހަގަކުރަން ބާއްވާ ލޭ ހަދިޔާކުރުން ވިލުރީފްގައި ވެސް ބާއްވައިފި، ވަރަށް ކާމިޔާބު
ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ރިސޯޓުތަކުގައި ބާއްވާ ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ހަރަކާތުގެ ތެރެއިން، ސަން ސިޔާމް ވިލުރީފްގައި މިއަދު އެ ހަރަކާތް ބާއްވައިފިއެވެ މެއި މަހުގެ އަށް ވަނަ ދުވަހަކީ ސަން ސިޔާމް ރިސޯޓްގެ އަހަރީ ދުވަހާއި ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ. އެހެންވެ، އެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ. މި އަހަރު ސަން ސިޔާމް ރިސޯޓްސްއަށް 36 އަހަރު ފުރުމުގެ މުނާސަބަތުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް ވިލުރީފްގައި މިއަދު ހެނދުނު ވަނީ ފަށާފައެވެ. އެ ރިސޯޓުގައި އޮތް މި ހަރަކާތްތައް ފައްޓަވައިދެއްވީ، ރިސޯޓު މެނޭޖުމަންޓުގެ އިސްވެރިންނެވެ. މި ހަރަކާތުގައި ވިލުރީފްގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކުރިއެވެ. 14 މެއި 2026: ސަން ސިޔާމް ރިސޯޓްސްއަށް 36 އަހަރު ފާހަގަކުރަން ބާއްވާ ލޭ ހަދިޔާކުރުން ވިލުރީފްގައި ވެސް ބޭއްވުން -- ސަން ފޮޓޯ މި ހަރަކާތާ ގުޅުވައި، ސަން ސިޔާމް ވިލުރީފްގެ ރިސޯޓު މެނޭޖަރު ތޯހާ ޔޫސުފް ވިދާޅުވީ 36 އަހަރުގެ ޚިދުމަތް ފާހަގަކުރާއިރު، 2015 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ބްލަޑް ބޭންކަށް އެ ރިސޯޓުގެ މުވައްޒަފުން ވެސް ލޭ ހަދިޔާކުރަމުން އަންނަކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް މިފަދަ ލޭ ހަދިޔާކުރުމުގެ ކެމްޕޭންތައް ބާއްވަމުންދާކަމީ ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އިންސާނިއްޔަތުކަމަށް އެހީތެރިވުމަށް ސަން ސިޔާމް ރިސޯޓްސްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު އިސްނަންގަވައިގެން މިފަދަ ކަންކަން ކުރައްވަން ދެއްވާ އަހަންމިއްޔަތަށް ޝުކުރު އަދާކުރެއްވިއެވެ. މި އަހަރު ވެސް އެ ރިސޯޓުން 50 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލަ އިސްނެގުމަށް ލޭ ހަދިޔާކުރަން ނިންމިކަމަށް ތޯހާ ވިދާޅުވިއެވެ. ސަން ސިޔާމް ވިލުރީފްގެ ރިސޯޓު މެނޭޖަރު ތޯހާ ޔޫސުފް: ތޯހާވަނީ އިންސާނިއްޔަތުކަމަށް އެހީތެރިވުމަށް ސަން ސިޔާމް ރިސޯޓްސްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު އިސްނަންގަވައިގެން މިފަދަ ކަންކަން ކުރައްވަން ދެއްވާ އަހަންމިއްޔަތަށް ޝުކުރު އަދާކުރައްވައިފައި -- "ހަގީގީ ކާމިޔާބީއަކީ ހަމައެކަނި ވިޔަފާރީގެ ދާއިރާއިން ހޯދާ ކުރިއެރުންތަކެއް ނޫން. އޭގެ ބަދަލުގައި، އެހެން މީހުންގެ ދިރިއުޅުމަށް އަޅުގަނޑުމެންގެ ފަރާތުން ގެނެސްދޭ އެދެވޭ ހެޔޮ ބަދަލަކީވެސް ކާމިޔާބީ މިނެކިރޭ މުހިންމު އަސާސެއް. މި މަތިވެރި މަސައްކަތުގައި ބައިވެރިވެ، މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންދާ ހުރިހާ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، މުޖުތަމައުގައި އުންމީދު އާލާކޮށް، ދެމިގެންދާނެ ފަދަ ހެޔޮ އަސަރުތަކެއް ކުރިމަގުގައިވެސް ދެއްކޭނެ،" ތޯހާ ވިދާޅުވިއެވެ. އެއާއެކު ލޭ ހަދިޔާކުރުމުގެ އިންތިޒާމުތައް ފަހިކޮށްދިނުމަށް ޓަކައި، އެ ރިސޯޓަށް އައިކަމަށް ޓަކައި ތޯހާ ވަނީ އިންތިޒާމުކުރަން މަސައްކަތްކުރެއްވި ފަރާތްތަކަށާއި އެމްބީއެސްއަށް ޝުކުރު އަދާކުރައްވައިފައެވެ. ވިލު ރީފް ފެމިލީ ކްލަބުގެ ރައީސް މުޙައްމަދު ޙަމީދު (ޕްރިންޓީ) ވާހަކަދައްކަވަނީ --- ސަން ފޮޓޯ މީގެ އިތުރުން ވިލު ރީފް ފެމިލީ ކްލަބުގެ ރައީސް މުޙައްމަދު ޙަމީދު (ޕްރިންޓީ) ވިދާޅުވީ ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތުކަމުގެ މަތިވެރި އަދި ނަމޫނާ އަމަލެއް ކަމަށެވެ. "އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ޓީމުން ދައްކުވައިދިން ސާބިތުކަމާއި އިސްނެގުމަށްޓަކައި އަޅުގަނޑު ނުހަނު ފަޚުރުވެރިވަމެވެ. މިއީ ސަން ސިޔާމް ވިލު ރީފްގެ އާއިލާއަކީ އަބަދުވެސް މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދީ، އިންސާނީ ފުރާނަ ސަލާމަތްކުރުމުގައި ދެމިއޮންނާނެ ބައެއްކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް،" އޭނާ ވިދާޅުވިއެވެ. މިފަދަ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ސަން ސިޔާމްގެ ކުންފުނީގެ އެހެން ރިސޯޓްތަކުގައި ވެސް ބާއްވާނެއެވެ. ސަން ސިޔާމް ރިސޯޓްސްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދަކީ މުޖުތަމައުއަށް ލާބަހުރި، އަދި ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނެސްދެއްވުމަށް އަބަދުވެސް ތަފާތު އެތައް ހަރަކާތެއް ހިންގަވާ ބޭފުޅެކެވެ. ވިޔަފާރީގައި ކާމިޔާބު ހޯއްދަވަމުން ވެސް، އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމަށް ސިޔާމް ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ އަސާސީ ކަންކަމުގައި ހިފައި، އުފާވެރި މުޖުތަމައުއެއް ބިނާކުރުމަށް ބާރު އަޅުއްވައެވެ. ސަން ސިޔާމް ރިސޯޓްސްގެ ދަށުން ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ފަސް ރިސޯޓު ރާއްޖޭގައި ހިންގައެވެ. އޭގެ ތެރެއިން ސަން ސިޔާމްގެ ވިލުރީފް ރިސޯޓަކީ އަބަދުވެސް ފަތުރުވެރިންނަށް ޚާއްސަ ސަމާލުކަމެއްދޭ ރިސޯޓެކެވެ. އަދި، އެ ރިސޯޓަކީ ރިޕީޓާ ގެސްޓުން ގިނަ، ފަތުރުވެރިންނަށް މަރުހަބާ ކިއުމުގައި ވެސް ޚާއްސަ ސަމާލުކަމެއް ދޭ ރިސޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ