ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތް ކުރުމަށް ތިން ބޭފުޅުންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ 'ހުދުމުހުތާރު' ވެރިކަމުން މި ގައުމު ސަލާމަތްކުރުމަށް، އިދިކޮޅުގައި ތިއްބެވި ކުރީގެ ތިން ރައީސުން އެކުގައި ނުކުންނަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ ވަނީ ގޮވާލައްވާފަ އެވެ. އެއާއެކު، އެކަމަށް ތައްޔާރަށް ހުންނެވިކަން ޔާމީން އިއްޔެ ވަނީ ހާމަކުރައްވާފަ އެވެ.
ތަފްސީލު - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ތިން ރައީސުން މި މަސައްކަތުގައި މަޝްވަރާ ކުރުމަށް ވަރަށް އަވަހަށް ބަައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"ތިން ބޭފުޅުން އެކީގައި މަސައްކަަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން މި ބައްދަލުވުމުގެ ބޭނުމަކީ،" ބައްދަލުވުން އިންތިޒާމް ކުރުމުގައި އުޅޭ އިސް މީހަކު ބުންޏެވެ.
މި ބައްދަލުވުން އޮތީ ކޮން އިރަކު އަދި ކޮންތާކު ކަމެއް ކަށަވަރެއް ނޫނެވެ. މިވަގުތު ޔާމީން މާލޭގައި ހުންނެވި ނަމަވެސް، ނަޝީދާއި ސޯލިހާ އުޅުއްވަނީ ރަށުން ބޭރުގަ އެވެ. ނަޝީދުގެ ޗެއާޕާސަންގެ ކެމްޕެއިންނަށް މިއަދު ލ. އަތޮޅަށް ވަނީ ވަޑައިގެންފަ އެވެ. އަދި ސޯލިހް މިވަގުތު ހުންނެވީ އިންޑިއާގައި އެވެ.
ބެލެވޭ ގޮތުގައި މި ބައްދަލުވުން ބާއްވާނީ، ނަޝީދު އާއި ސޯލިހް މާލެ ވަޑައިގަތުމުންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ބަލާ ފާސްކޮށް އެތަނުގެ އިސް ދެ ވެރިއަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދި އެ ނޫހުގެ އިތުރު ދެ ނޫސްވެރިއަކު ވަނީ ހުކުމެއްކޮށް ޖަލަށް ލައިފަ އެވެ. އެގޮތުން:
ސިއްރުކޮށްގެން އެއް ދުވަހެއްގައި ބޭއްވި އަޑުއެހުމުގައި އެ ނޫސްވެރިން ޖަލަށް ހުކުމްކޮށްފައިވަނީ، ޑޮކިމެންޓްރީ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ
އެކުގައި މަސައްކަތް ކުރަން ކުރީގެ ތިން ރައީސުން ބައްދަލުވުމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ