އައްޑޫ ފްލެޓަކުން ވެއްޓުނު ކުޑަ އަންހެން ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެނީ

އައްޑޫ ސިޓީ, ހިތަދޫގައި ސަރުކާރުން އަޅާފައިވާ ފްލެޓެއްގެ މަތިން ކުޑަ އަންހެންކުއްޖަކު ވެއްޓިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ ރޭ 12:00 އެހާކަށްހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ހިތަދޫ، ފްލެޓް ނަމްބަރު 14 ގެ ދެވަނަ ފަންގިފިލާ އިން ކުއްޖަކު ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ. ވެއްޓިފައިވަނީ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. އައްޑޫ ހޮސްޕިޓަލްގެ އޮފިޝަލާ ސުވާލު ކުރުމުން ވިދާޅުވީ އެ ކުއްޖާގެ ހާލު ކުރިއަށް ވުރެން ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި އިތުރު ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އުސް ތަންތަނުން ވެއްޓުމުގެ ހާދިސާތައް ފުދޭވަރަކަށް ގިނައިން މިއަހަަރު ތެރޭގައިވެސް ހިނގާފައިވެއެވެ. އިއްޔެ ވެސް މާލޭ ގެއެއްގެ ސިޑިގޮޅިއަށް ބިދޭސީއަކު ވެއްޓި، މަރުވުމުގެ ހާދިސާއެެއް ހިނގާފައިވެއެވެ. އޭގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހިޔާ ފްލެޓަކުން ޒުވާން ދިވެހި ފިރިހެނަކު ވެއްޓި މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ