ބިޑަކާ ނުލާ މި ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫޢުގެ ތެރެއިން ގިނަ މަޝްރޫޢުތައް ފެއިލްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުންނައި ޕާޓީ މީހުންނަށް ސަރުކާރުން ކޮންޓްރެކްޓްތައް ދިނުމުގެ "ކުޅިވަރު ފެށުނީ" 2010 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.
"ނަޝީދުގެ ވެރިކަމުގައި އެއިރުގެ މަޖިލިސް މެންބަރު ރީކޯ މޫސާ މަނިކުގެ ކުންފުނި ހެވީ ލޯޑަށް 20 މިލިއަން ޑޮލަރަށް އެވޯޑް ކުރެވުނު ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓާއެކުއެވެ. މިކަން ނިމުނީ ޕްރޮޖެކްޓް ފެއިލްވެ، އެހެން ޕާޓީއެއް ސަރުކާރަށް އައުމާއެކު ރީކޯ މޫސާ ޕާޓީ ބަދަލުކުރައްވައި، އެކަމުގެ އިނާމަކަށް ބަދަލުގެ ގޮތުގައި ލ. އަތޮޅުގެ ބޮޑުހުރާ، ފަރެސް އަދި ކުޑަފަރެސް ހަމަ އެ ކުންފުންޏަށް ދީގެންނެވެ،" އުމަރު ވިދާޅުވި އެވެ.
ޢުމަރު ވިދާޅުވީ، މިއަދު އެކަން މިވަނީ އާ ހަރުފަތަކަށް އަރާފައި ކަމަށާއި، ހަމަހަމަ ކަމާއެކު ވާދަކުރުމުގެ ފުރުސަތު އެހެން ކުންފުނިތަކަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް، މަޖްލިސް މެންބަރުންނާ އެމީހުންނާ ގުޅުން ހުރި ކުންފުނިތަކަށް ދައުލަތުގެ ޕްރޮޖެކްޓްތައް ބަހާލާ، އާންމު ވިޔަފާރިތަކަށް ލޯނު ދޫކުރަން ބޭންކް އޮފް މޯލްޑިވްސް ގައި ހުރި ފައިސާތައް މިކުންފުނިތަކަށް މި ބަހާލަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށެވެ.
"ބަހާލެވުނު 2.7 ބިލިއަން ރުފިޔާގެ ތެރެއިން ގިނަ ޕްރޮޖެކްޓް ފެއިލްވާނެއެވެ. އަދި ވެރިކަން ބަދަލުވުމާއެކު ޕްރޮޖެކްޓްތައް ނެގި ފަރާތްތައް ޕާޓީ ބަދަލުކޮށް އެހެން ލަވައެއް ކިޔަންފަށާއިރަށް، ބަދަލުގެ ނަމުގައާއި، އެހެނިހެން ނަންނަމުގައި ފަޅުރަށްތަކާއި އެހެނިހެން ކޮންޓްރެކްޓްތައް ލިބިގެންދާނެއެވެ." ޢުމަރު ވިދާޅުވި އެވެ.
އުމަރު އެފަދައިން ވިދާޅުވިއިރު، މާލިއްޔަތުގެ ގަވާއިދަށް ގެނައި ބަދަލާއި އެކު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް ޕްރައިވެޓް 53 ކުންފުންޏަކާއި އެކު 206 އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ސަރުކާރުން އެ ކުންފުނިތަކާއި އެކު ސޮއި ކުރި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ.
ބަހާލި ގިނަ ޕްރޮޖެކްޓުތައް ވާނީ ފެއިލް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ