އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނެއް އުފަން ކުރުމަކީ ކުލީ ނޫސްވެރިންނަށް ވަރަށް ހިތްގައިމުކަމެއް ކަމަށްވެގެން ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރުން އެބަ ދިފާއު ކުރެއެވެ. މިއަދު މާ ދީންވެރިވެގެން އަބުރު ރައްކާތެރި ކުރުމުގެ ވާހަކަ ދައްކާ ބައެއް މީހުންގެ މާޒީ އެ މީހުން ހަނދާން ނެތުނަސް ކާކަކީ ކާކުކަން އެނގޭ މީހުން ރާއްޖޭގައި ބައިވަރު އެބަތިއްބެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނު އައުމުން ވެރިން އަމުރުކޮށްގެން ދެން ދޮގު ހަބަރު ލިޔަން ނުޖެހޭނެތީ އުފާވެގެން "ގުއިރަސްގެފާނު" ވެސް ދަތްމައްޗަށް ތުންނާރައެވެ. އަބުރު ރައްކާތެރި ކުރުމަށް އިލާހީ އަމުރުފުޅެއް އޮތްކަން ގުއިރަސްގެފާނަށް އެނގެނީވެސް މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމުންނެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. މައުމޫނު ވެރިކަމުގެ ފަހުކޮޅުގައި މައުމޫނުގެ ދެއަތު ދެ ވިންގުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރު ހޯދަން މީޑިއާ ބޭނުންކޮށްގެން އާޑަ ފުރައްސާރަ ކުރިއެވެ. ވަގު ނަން ނަމުގައި ވެބް ސްއިޓްތައް ހަދައިގެން އެއްބަޔަކު އަނެއް ބަޔަކަށް އޮރިޔާން ކުރަމުން ދިޔައެވެ. ހަގީގަތެއް ތެދެއް ދޮގެއް ނުބަލައެވެ. އަބުރެއް އިންސާނީ ކަރާމަތެއް އެ މީހުނަށް އެ ދުވަހަކު ނެތެވެ.
މައުމޫނުގެ ދެއަތު ދެވިންގް މަސައްކަތްކުރީ ދެއަތަށެވެ. ކުރިމައްޗަށް ފެންނަން ތިބެނީ ޔާމީނާއި ގާސިމެވެ. އެންދެރި ވިންގާއި ގާސިމްގެ ފަތިފުށް ހާމަކޮށް ނޮޅާ ކަށިކާން ކާމިނީ ވިންގުން ބޭނުންކުރީ "ކޮއިމަލާ" އެވެ. ޔާމީނާއި ކާމިނީ ވިންގް ބަރަހަނާކޮށް އަބުރު ކަތިލުމުގެ މަސައްކަތްކުރީ "ގުއިރަސްގެފާން" އެވެ.
ގުއިރަސްގެފާނަކީ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތް ގާއިމުކޮށްދީގެން ގާސިމުގެ މަސްލަހަތުގައި މީހުންގެ އަބުރުކަތިލި އަންޑަރ ގްރައުންޑް ވެބް ސައިޓެކެވެ. ގުއިރަސްގެފާނު ހިނގުމުގެ އަމަލީ މަސައްކަތުގައި އުޅުނީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ. ނަމުން ކިތަންމެ ލަތީފީ ވިޔަސް ގަބިއްޔާ ހަމަ ގަބު ވާނެތާއެވެ.
ގުއިރަސްގެފާނު ހިންގާ ދިނުމުގެ ކައްފާރާއެއްގެ ގޮތުން ދުވަހު ނޫހެއް ގަނެދީ އެ ނޫސް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި ހަރަދަކާއި މުއައްޒަފުންގެ މުސާރައަށް ދަންދެން ވެސް ގުއިރަސްގެފާނަށް ދެމުންދަނީ މިއަދު ވެސް ގާސިމެވެ. ލިބޭ ހުރިހާ އިސްތިހާރަކާއި ސްޕޮންސަރއެއްގެ ފައިސާވެސް ގާސިމަށެވެ.
މިއަދު މާދީނީ ސިފައެއްގައި ދެއްކުމުން ހަގީގީ ސޫރަ ނޭނގޭ ބަޔަކަށް ނޭނގި އޮވެދާނެއެވެ. އަބުރޭ އިންސާނީ ކަރާމަތޭ ކިޔައިގެން މިއަދު ފެންނަ މަންޒަރު ބަދަލުކޮށްގެން ހުއްޓަސް އުފެދުމުގައިވެސް ގަބު ގުއިރަސްގެފާނު ވާނީ ގުޔަށެވެ. ކުލީ ގަލަމުން ނިކުންނާނީ ވެސް ކުލީ ދެއްޔެވެ.
މީޑިއާ ކޮންޓްރޯލް ބިލާއި އަބުރުވެރި ގުއިރަސްގެފާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ