އުރީދޫ ފަން ރަންއަށް އިމާރާތް ދިއްލާލައިފި؛ ވީޑިއޯ ޝެއާކޮށްގެން އިނާމެއް

އުރީދޫން ކޮންމެ އަހަރަކު ދެ ފަހަރު ކުރިއަށް ގެންދާ އުރީދޫ ފަން ރަން އަންނަ ޑިސެމްބަރުގައި ބާއްވާއިރު، އުރީދޫގެ މައި އޮފީސް އިމާރާތުގެ ދިއްލުންތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އުރީދޫ ފަން ރަން އަންނަ 19 ޑިސެމްބަރުގައި ހުޅުމާލޭގައި ބާއްވަން ނިންމައި އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އެއާ އެކު، އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ އިމާރާތް ކޮންމެ ރެއަކު ވެސް މިހާރު އަންނަނީ ދިއްލާލަމުންނެވެ.
ތަފްސީލް - އުރީދޫގެ މި ހަރަކާތް އިތުރަށް ހާއްސަކުރުމުގެ ގޮތުން އުރީދޫން ވަނީ ފަން ރަން ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށް، ޝެއާ ކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު ދީފަ އެވެ. އަދި ވީޑީއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ވެސް ދޭނެ އެވެ.
ބައިވެރިވުމަށް:
އުރީދޫ ފަން ރަންއަށް ހާއްސަކޮށް އުރީދޫ އިމާރާތް ދިއްލާފައިވާ ތަނުގެ ވީޑިއޯއެއް ނަގާލާ
އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކްގައި ޕޯސްޓްކޮށްލާ
އުރީދޫ މޯލްޑިވްސް ޓެގްކޮށް އަދި އުރީދޫ ފަން ރަން ހޭޝްޓެގް ބޭނުންކޮށްލާ - ooredoomaldives OoredooFunRun
މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ