މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގައި ތަރައްގީކުރާ އެއާޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއާޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސް ޑރ.މުހައްމަދު މުއިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފައްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރަށާއި ސަރަޙައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށާ، މަޑުޖެހުމެއް ނެތި، މަސައްކަތް ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ށ. ބިލެތްފަހީ ބިންހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއެކު ސޮއިކޮށް، އަމަލީ ގޮތުން މަސައްކަތް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެއާޕޯޓް މަޝްރޫއުގެ އިތުރުންވެސް ށ. ބިލެތްފަހީގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރަމުން ގެންދާ އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އުންމީދީ ހަބަރުތައް، ރައީސް ވަނީ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވަމުން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއެވެ. މިމަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ ކުރިއަށް ނުގޮސް، ހުއްޓިފައި އޮތް ކުނި މެނޭޖު ކުރުމުގެ މަޝްރޫއަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމަ މިއާއެކު ބަނދަރުގެ މަޝްރޫއަކީ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ފާހަގަކުރައްވައި، ރައީސް ވަނީ މި ކަމުގެ ހައްސާސް ކަމަށް ބައްލަވައި، ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޝްވަރާއެކުގައި ކަމުގެ ޔަގީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ތައުލީމީ ދާއިރާގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން ތަރައްގީކުރަން ކަނޑައެޅި 4 ކުލާސްރޫމަށް އަދަދު އިތުރުކުރައްވައި، 8 ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާގެ ތަރައްގީއަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، ރަށުގެ ސިއްހީ މަރުކަޒުގައި، 16 ގަޑިއިރު ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. މުވައްޒަފުންނާއި ވަސީލަތުގެ ގޮތުން ސިއްހީ މަރުކަޒަށް މިހާރުން މިހާރަށް ބޭނުންވާ އެހީ ފޯރުކޮށްދެއްވާނެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ބިލެތްފަހީގައި ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް ތަރައްގީކޮށް ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޒަމާނީ ފެންވަރަށް ފުޓުބޯޅަދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
2026 ނިމޭއިރު ސިއްހީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް، އެ ރަށެއްގެ ނިސްބަތުން ނުހެދޭނެ އެއްވެސް ރަށެއް ނުހުންނާނެ ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް އިމިގްރޭޝަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ