މިނިސްޓަރ ޝިޔާމަށް: މަހުގެ އަގުބޮޑު ނުކުރެވެނީ ނާގާބިލުކަމުން

އެކޮނޮމިކް މިނިސްޓަރ ސަޢީދު މަޖިލީހުގައި ދެއްކި ވާހަކައިން އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) މަޝްވަރާތައް ހުއްޓާލައިފިކަން ނޫން އެހެން ކަމެއް ދޭހައެއް ނުވެއެވެ. އެފްޓީއޭގެ ވާހަކަތައް ހުއްޓާނުލާ ނަމަ ވެރިކަމަށް ދެ އަހަރު ވެގެން ދާއިރު އޭގެ ނަތީޖާ ނުފެނިއެއް ނުދާނެއެވެ. 
ލަންޑަނަކީ ރާއްޖޭގެ އެންބަސީއެއް ހުންނަ ތަނެކެވެ. އެތަން މެދުވެރިކޮށް ކިރިޔާވެސް މަސައްކަތެއް ކޮށްލެވުނު ނަމަ އެ ސުވާލެއް ނުއުފެދުނީހެވެ. ކުރީ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ ވާހަކަތައް ނިމި ދެ އަހަރު ތެރޭގައި ކޮޅެއްގައި ޖެއްސުމަށް މި ސަރުކާރުން ބޭނުން ނުވީއެވެ. ނޫނީ ކުރާނެ ގޮތް ނޭނގި އޮބުނިއެވެ. 
ރާއްޖޭގެ ކަނޑުމަހާއި ރީނދޫއުރަހަ ކަންނެލި އިނގިރޭސިވިލާތުގެ މާކެޓަށް ނެރުމުގައި ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް މަސައްކަތް ކުރެވުނު ނަމަ ނުވެ އޮންނަންޖެހޭ ސަބަބެއްނެތެވެ. މިހާރު ވެސް އެ މަސައްކަތް ކުރިއަށް ދާކަމަށް ބުނެ ސައިދާއި ޝިޔާމް އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އެއީ ހިނގާ ކަމެއް ނޫންކަން ޔަގީނެވެ.
ބޮޑުގެރި ބޭރަށް ހިންގާހެން ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް ދަތުރު ދިޔަސް އެފްޓީއޭ ގެ ކަމަކާ އޭނާ ނޫޅެއެވެ. އެއިން ދަތުރެއްގައި މަގުމަތިން ހޮވާކާމީހަކާ މުއިއްޒާ ދިމާވެ ސަލާން, ކޮށްލެވުނަސް ފޮޓޯ ނަގާ އެވާހަކަ ޔޯ ގޮވާ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރުވާ ހަދާއިރު އެފްޓީއޭ ގުޅޭ ކުޑަވެސް ކަމެއް ކުރެވުނު ނަމަ އެކަން ނުކޮށް އޮތީ ކުޑަވެސް ކަމެއް ނުކުރެވޭތީއެވެ. އެހެން ނޫންނަމަ އެކަންކުރެވިގެން ފަޅާ ކަރާއިން އޮބި ނޯތީހެވެ.
ސައީދާއި ޝިޔާމާއި ޒަމީރާއި ހަލީލާއި މުއިއްޒުގެ ނާގާބިލުކަމުން މަސްވެރިންގެ އަތުން މަސްގަންނަ އަގުބޮޑު ނުކުރެވުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. މަސްވެރިން މިއަދު ތަހައްމަލުކުރާ ނޭދެވޭ ހުރިހާ ބުރައަކާއި ދެރައެއްގެ ސަބަބަކީ ދެއަހަރު ވަންދެން ވެރިކަމުގައި މިއޮތް މުއިއްޒު ސަރުކާރުގެ ނާގާބިލުކަމާއި ނުބައިކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ