13 މިލިއަން ސިނގިރޭޓު ވަގަށް ނެގުން: ހައްޔަރުކުރި ވިޔަފާރިވެރިންނަކީ އާއްޓޭއާއި ދިގަލި

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ތަހުގީގަށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގުމުގައި، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ އާއްޓޭއާއި ދިގަލިއެވެ. https://sun.mv/180924 އޭގެ ތެރެއިން އާއްޓޭ ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލައިފައެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައި އޭނާ ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ. އެ މައްސަލައިގެ ތަހުގީގަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނި ނަމަވެސް، އެކަމުގެ ވެސް ތަފުސީލެއް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ